އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގެ ކަރުދާސްތައް އެސެސްކުރާ "ޕިއާ ރިވިއު ޕޫލް" އަށް ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގެ ކަރުދާސްތައް އެސެސްކުރާ "ޕިއާ ރިވިއު ޕޫލް" އަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ އިލްމީ ކަރުދާސްތައް އެސެސްކުރުމަށްޓަކައި އެކުލަވާލާ 'ޕިއާ ރިވިއު ޕޫލް' ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ޕޫލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހެޅޭ އެކިއެކި ކަރުދާސްތަކުގެ ފެންވަރާއި، އޭގައި ހިމެނޭ މައުލޫމާތުގެ ސައްހަކަން ވަޒަންކޮށް، މިނިވަން އިލްމީ ޚިޔާލާއި އިރުޝާދު ފޯރުކޮށްދިނުމެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ އިގްތިސާދީ، މާލީ، ފަތުރުވެރިކަން އަދި މިފަދަ ގުޅުންހުރި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، މި ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ރިވިއުކުރުމުގައި އަމަލުކުރާނީ ދެފަރާތަށް ވެސް އެކަކު އަނެކަކު ނޭނގޭ ގޮތަށް ކުރިއަށްގެންދާ 'ޑަބަލް ބްލައިންޑް ޕިއާ ރިވިއު' އުސޫލުންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ރަސްމީ ސެޓްފިކެޓާއި، މަސައްކަތުގެ އުޖޫރައިގެ އިތުރުން އިތުރު ފުރުސަތުތައް ވެސް ލިބިގެންދާނެއެވެ.

ޕިއާ ރިވިއުއަރ އަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ. ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 5 އިން 7 ޑިސެމްބަރ 2026 އަށެވެ.

މިއަދު އޮންލައިން