80 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
80 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބިއްޖެ

ރާއްޖޭގައި ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން ރާއްޖެއަށް ވަތް ރެވެނިއުއެއް ނޫންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި އާމްދަނީ މިއަށްވުރެ ވެސް މަތިވުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، "ސަރުކާރުގެ ތެރެއިން ކުރެވެމުންދާ މަސައްކަތުން އުންމީދު ދަނީ ބޮޑުވަމުން. އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް. ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ޚިދުމަތް ދޭންޖެހޭ. އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދަނީ،" ކަމަށެވެ.

މިއަދު އޮންލައިން