ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބޭރުފައިސާގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ: އޭޖީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބޭރުފައިސާގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ: އޭޖީ

ބޭރުފައިސާގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ސަބަބުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤަވާއިދަށް ގެނެވުނު ބަދަލުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ބޭރު ފައިސާގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، "ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް." ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އޭޖީ އުޝާމް ފާހަގަކުރެއްވީ، ޤާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާތީ، އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ފައިސާ މާރުކުރަން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން