ޤުރްއާން ލިޔެވި ތަރުތީބުކުރެވިފައިވާ ގޮތާއިމެދު ބައެއް މީހުންގެ ހިތުގަ އުފެދޭ ސުވާލުގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤުރްއާން ލިޔެވި ތަރުތީބުކުރެވިފައިވާ ގޮތާއިމެދު ބައެއް މީހުންގެ ހިތުގަ އުފެދޭ ސުވާލުގެ ޖަވާބު!

ކީރިތި ޤުރްއާނާއިމެދު ޝައްކުތައް އުފައްދުވަން ހުރިހާ ޒަމާންތަކެއްގައިވެސް ވާހަކަތައް ނެރެ ފަތުރައެވެ. އެއްވެސް އަޞްލެއް ނެތް އެތައް ވާހަކަތަކެއް ފަތުރައެވެ. އެގޮތުން ފަތުރާ އެއްވާހަކައަކީ މުޞްޙަފްގައި ތަރުތީބުކުރެވިފައިވާ ގޮތެވެ.  

ކީރިތި ޤުރްއާނުގައިވާ ސޫރަތްތަކާއި އާޔަތްތައް ތަރުތީބުކުރެއްވެވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށް ނުވަތަ ޚަލީފާއިން ކަމަށް ނުވަތަ ޞަޙާބީން ކަމަށް ބައެއް މީހުންނަށް ވިސްނޭ ވިސްނުމަކީ އެއްވެސް ޙަޤީޤަތެއް ނޫންކަމާއި ކޮންމެ ސޫރަތެއްވެސް އަދި އާޔަތެއްވެސް  އެއޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ތަރުތީބުވި ގޮތަށެވެ. 

ގުޅުންހުރި ލިޔުމެއް!: 

މުޞްޙަފުގައިވާ ތަރުތީބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް ޖިބްރީލް ޢަލައިހިއްސަލާމް ކީރިތި ރަސޫލާﷲ ﷺ އަށް އަންގަވާ ފައިވާ ތަރުތީބެކެވެ. އެހެންވީމާ ކޮންމެ އަހަރެއްގެވެސް ޖިބްރީލް ޢަލައިހިއްސަލާމް ރަމަޟާން މަހު ކީރިތި ރަސޫލާﷲ ﷺ ގެ އަރިހަށް ވަޑައިގަންނަވައެވެ. ވަޑއިގެން އެކަލޭގެފާނަށް  ޤުރްއާން ކިޔަވާ ދެއްވާ އެގޮތަށް ކިޔަވާދެއްވާ އިރުގާ މިވެނި އާޔަތެއް  މިވެނި ސޫރަތެއްގެ މިވެނި ތަނަކަށް ލުމަށް އެގޮތަށް އަމުރު ކުރައްވަމުން ގެންދަވައެވެ. 

އެހެންވީމާ، ސޫރަތްތައް ތަރުތީބު ކުރެވިފައިވާވުން އަދި އާޔަތްތައް ތަރުތީބު ކުރެވިފައިވާ ވުން އެއީ ސީދާ ﷲ ތަޢާލާގެ އަމުރުފުޅަށް ކީރިތި ރަސޫލާ ﷺ  ކުރައްވާފައިވާ ކަމެކެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން