ކުރިމަތިވެފައި މިވަނީ ޙަދީޘްފުޅުން އެގެން އޮތް ޒަމާން! އޮތީ ޘާބިތުވެ އާޚިރަތް ލިބިގަންނަން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ކުރިމަތިވެފައި މިވަނީ ޙަދީޘްފުޅުން އެގެން އޮތް ޒަމާން! އޮތީ ޘާބިތުވެ އާޚިރަތް ލިބިގަންނަން މަސައްކަތްކުރުން!

މުސްލިމުންނަސް ދީނުގައި ޘާބިތުވެ ތިބުމަކީ އަތަށް އަނގުރު އަލިފާންކޮޅެއް ލައިގެން އުޅެންޖެހުން ފަދަ ކަމަކަށްވާނެ ދުވަސްކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަން މިއަދު މިއަންނަނީ ފެންނަމުންނެވެ. ހިތާމައަކީ މުސްލިމް ޤައުމުތަކުގެ ނަމުގައި ލޭބަލަ ްޖަހައިގެން ތިބޭ ޤައުމުތަކުގައިވެސް މުސްލިމުންނަށް ރައްކައުތެރިކަމެއް ނެތްކަމެވެ.  

ޙައްޤުބަސްބުނެ ދީނުގައިވާ މަގުން ޢަމަލުކުރުމަކީ ހަރުކަށިވުންކަމަށް ބަލައި ބޮޑެތި އަދަބުތައް ދެވެމުން އަންނަކަމެވެ. އެންމެ ބޮޑެތި ޢިލްމްވެރިންނަށް ޖަލުތަކުގައި ތިބެންޖެހޭ ކަމެވެ. މިހުރީ މިބަޔާންކުރި ޙަދީޘްފުޅާއި ގުޅުންހުރި ކަންކަމެވެ.  

ފަށަމުންވެސް އަހުރެން ނަޞީޙަތްތެރިވާނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބުމަށެވެ. ންފުސް ހަލާކުތެރެއަށް ވައްޓައިނުލާށެވެ! ހަމައެފަދައިން އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. މުހިންމީ ދުނިޔެއެއްް ނޫނެވެ. ޢާޚިރަތެވެ.

އިސްލާމީ ތާރީޚަށް ބަލައިފިނަމަ އެޒަމާނުގައި މުސްލިމުންނަށް ހިޖުރަކުރަންޖެހުނީ މުސްލިމުންގެ އަދަދު މަދުވެ ބަލިކަށިވެ ނިކަމެތިވީމައެވެ. ނަމަވެސް މިއަދު މުސްލިމުންނަށް ހިޖުރަކުރަންޖެހެމުން މިދަނީ މުޅިން ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އެންމެ ގިނަބައަކަށް ހިޖުރަކުރަން ޖެހެނީ ޤައުމުވެރިކަން ނުބައިވެ ޚުދުމުޚުތާރުވުމުން އުފެދޭ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމުގައި ފެށޭ ދާޚީލީ ހަނގުރާމަތަކުގެ ސަބަބުންނެވެ!  

ހަމައެކަނި މިއުންމަތަކަށް ނޫނެވެ. ފިރުއަޢުނުގެ އަނިޔާވެރިކަމުން ސަލާމަތްކަން ހޯއްދެވުމަށްޓަކައި މޫސާގެފާނަށް ތަބަޢަވީ މީހުންނާއިއެކު ޤައުމުން ބޭރުވެވަޑައިގަތުމަށް ﷲ ތަޢާލާ އެންގެވިއެވެ. މައްކާއިން ބޭރުވެ ހިޖުރަ ކުރުމަށް މުސްލިމުންނަށް ﷲ ތަޢާލާ އެންގެވިއެވެ. އެއީ އެއިރު މުސްލިމުންގެ ޢަދަދުމަދުކަމުންނެވެ.  

މުސްލިމުންނަށް މެޖޯރިޓީ ގެއްލިފައިވާ ޤައުމުތަކުގައި އަނިޔާވެރިންގެ ޑިޓެންޝަން ކޭމްޕުތަކުގައި ތިބެ މަރުވެ ދިއުމަށްވުރެ އެކަމުން ސަލާމަތްވުމަށާއި އެހެން މުސްލިމުން އެ ޙާލަތުން ސަލާމަތްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމުގެ މުހިންމުކަން ކިތަންމެ ބޮޑު ނަމަވެސް އެކަންކަމުގެ ވާހަކަވެސް ދައްކައިއުޅޭ އަޑެއް މުސްލިމްވެރިންގެ ކިބައއަކުންނުއިވެއެވެ.  

ލުބުވެތި މުސްލިމުންނޭވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާލިބެމުންދާ އެތައް މިލިއަން މުސްލިމުންނަށްޓަކައި ހެޔޮދުޢާކުރާށެވެ!  

ހިތާމައަކީ ގަދަބާރުން މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަމުން ގެންދާއިރުވެސް މުސްލިމުންގެ ލީޑަރުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަމެވެ! ސުވާލަކީ މުސްލިމުންގެ ވެރިންގެ ގޮތުގައި މިއަދު ދެލޮލަށް ފެންނަ އެހެނަސް ދެލޯކަނު، ކަންފަތަށް އަޑު އިވުނު ނަމަވެސް ބީރު، ހިތެއް އޮތް ނަމަވެސް އަސަރެއް ނުކުރާ ވެރިން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭހެއްޔެވެ؟  

މުސްލިމުންނަށް އިންތިހާއަށް އަނިޔާވެރިވަމުން ގެންދާ ޤައުމުތަކާއި ދެކޮޅަށް ހަނގުރާމައެއް ކުރަން ނުކެރޭތަނުގައި އެންމެ ކުޑަމިނުން ވިޔަފާރީގެ ގުޅުން ކަނޑައިލަންވެސް އެތިބީ ނުކެރިފައެވެ. ނުކުޅެދިފައެވެ! ވެރިކަމުގެ ހައިބަތަށް ދަހިވެވެތިވެ އަމިއްލަ އެދުންތަކުން ފުރިގެން ތިބުމުންނެވެ!

 

މިއަދު އޮންލައިން