ދަރިންނާމެދު މަންމައާ ބައްޕަ މިވިސްނުމުގައި ތިބޭނަމަ ދޮންމަންމައަކަށް، ދޮންބައްޕައަކަށް ދެވޭނެ ދެރައެއް ނޯންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަރިންނާމެދު މަންމައާ ބައްޕަ މިވިސްނުމުގައި ތިބޭނަމަ ދޮންމަންމައަކަށް، ދޮންބައްޕައަކަށް ދެވޭނެ ދެރައެއް ނޯންނާނެ!

އަނބިމީހާގެ ޝަކުވާއަކީ ފިރިމީހާގެ ދަރިފުޅާއިހުރެ އަނބިމީހާގެ ދަރިފުޅަށް އުނދަގޫވާކަމެވެ. އެހެންވެ ފިރިމީހާ ހުށަހެޅީ ދުވަސްކޮޅަކަށް ފިރިމީހާގެ ދަރިފުޅު ކުއްޖާގެ މަންމަގެ ގާތަށް ފޮނުވުމަށެވެ؟  

ފިރިމީހާ: އަޙްމަދަކީ އަހުރެންގެ ކާކުތަ؟

އަނބިމީހާ: ތިބާގެ ދަރިފުޅު!

ފިރިމީހާ: ޒައިނަބަކީ އަހުރެންގެ ކާކުތަ؟

އަނބިމީހާ: އަހުރެންގެ ދަރިފުޅު! ތިބާގެ ދޮންދަރިފުޅު!

ފިރިމީހާ: އެހެންވީމާ ތިއަ ވިސްނަނީ ދޮންދަރިފުޅަށް އުނދަގޫވާތީ އަހުރެންގެ ދަރިފުޅު ގެއިން ފޮނުވާލަންނަމަ ތިއައީ ކުރެވެން އޮތް ކަމެއް ނޫން! ދޮންދަރިފުޅަށް އަހުރެންގެ ދަރިފުޅާއިހުރެ އުނދަގޫވާނަމަ ރަނގަޅު ގޮތަކަށްވާނީ ދުވަސްކޮޅަކަށް ދޮންދަރިފުޅު އޭނާގެ ބައްޕަގެ ގާތަށް ފޮނުވުން! އެކަމަށް މަރުޙަބާ!  

ފިރިމީހާ ދިން ޖަވާބުން އަނބިމީހާގެ ބަސްހުއްޓުނެވެ. ދޮންދަރިފުޅު ނިކަމެތިކުރަން އޭނާ ރާވާ އެއްވެސް ރޭވުމެއް ކާމިޔާބުނުކުރެވޭނެކަން ވިސްނުނެވެ. އެއިގެ ފަހުން އެފަދަ ޝަކުވާއެއް ނުކުރެއެވެ. މަސައްކަތްކުރީ ފިރިމީހާގެ ރުހުން ލިބޭނެ ގޮތަށް އޭނާގެ ދަރިފުޅު ބަލައިދޭށެވެ.  

އެކަން އެހެންއެވީ ކީއްވެގެން ހެއްޔެވެ؟ ފިރިމީހާ އޭނާއަށް އެންމެ މުހިންމީ އޭނާގެ ދަރިފުޅުކަމާއި އަނބިމިހާ ބޭނުންވާހައި ގޮތަކަށް ދީލައި ނުލާނެކަން އެނގުނީމައެވެ. އަހުރެންގެ އާދޭހަކީ ހުރިހާ މަންމައިންވެސް އަދި ބައްޕައިންވެސް އަމިއްލަދަރިންނާއިމެދު މިފަދައިން ވިސްނައި ޢަމަލުކުރުމެވެ.  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންކަންވީގޮތެވެ. އަޅުގނޑުމެންގެ ތެރެއިންވެސް ވަރަށް ގިނަ ބައެއްގެ ދިރިއުޅުމާއި ގުޅުންހުރި ކަމެއްކަން ފާހަގަކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން