އެއީ މެހްމާނުންތަކަކަށް ކާންދިން ރެއެކެވެ. ބައްޕައަށް ވަކިން ކުޑަމޭޒެއްގައި ކާންހަދާފައި ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ! މިރޭ މިމޭޒުގައި ބައްޕަ ކާށެވެ! އެމޭޒުގައި ބައްޕަ ބައިންދައިފަނަ ބައްޕަ ވަރަށް ގިނަ ވާހަކަދައްކާނެއެވެ."
އެހެން ބުނެފައި މަންމަ އައިއިރު އޭނާގެ ކުޑަދަރިފުޅު ދުރުގައި ހުރި ކުޑަ މޭޒެއްގައި ސުފުރާއަޅަނީއެވެ. ތިއަކުރަނީ ކީއްތޯ ސުވާލުކުރުމުން "މަންމަ މުސްކުޅިވާދުވަހު ވަކިން ކާން ބައިންދާނެ މޭޒެއް ތައްޔާރުކުރަނީ ކަމަށެވެ. ކާފައަށްވުރެ މަންމަ މާގިނައިން ވާހަކަދައްކާނެތީއެވެ."
އޭނާއަށް ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. ބާރަށް ހިނގާފައި ގޮސް ބައްޕަ ބޮޑުމޭޒަށް ގެނައީއެވެ.
ލޮބުވެތި ދަރިންނޭވެ! ވަރަށް ކުރުކޮށް މިބުނެދިނީ ވަރަށް ގިނަވާހަކައެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ! ތިއަ ދަރިން ދަރިންގެ މައިންބަފައިންނާއިމެދު ކަންކަންކުރާ ގޮތް ތިއަ ދަރިންގެ ދަރިން ދަސްކުރާނެއެވެ. ހަމައެގޮތަށް ތިއަދަރިންނަށް ކަންކަން ކުރާނެއެވެ. ވީމާ މުސްކުޅިވާ ދުވަހު ނިކަމެތިވާން ބޭނުން ނޫންނަމަ މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އެކަން ދަރިންނަށް ދައްކައި ދަސްކޮށްދޭށެވެ!
- ޝާއިން / މިއަދުނޫހުގެ ކިޔުންތެރިއެއް