ލިބުނު ތަނަވަސް ފިރިމީހާއާ ވަކިވަމުން ހެޔޮލަފާ އަންތބަކު ބުނިވާހަކަ- ދެދުނިޔޭގެ ސަލާމަތަށްޓަކައިވެސް ފިރިން ވިސްނައިލުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ލިބުނު ތަނަވަސް ފިރިމީހާއާ ވަކިވަމުން ހެޔޮލަފާ އަންތބަކު ބުނިވާހަކަ- ދެދުނިޔޭގެ ސަލާމަތަށްޓަކައިވެސް ފިރިން ވިސްނައިލުން މުހިންމު!

އަހުރެމެންގެ ކައިވެނިކުރެވުނުއިރު އޭނާއަކީ އެހާތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ކައިވެންޏަށް 5 އަހަރުވީއިރު އޭނާއަކީ ތަނަވަސް މީހެކެވެ. ތަނަވަސްކަން ލިބުމުން އޭނާފެށީ ދިރިއުޅުން ނުތަނަވަސްކުރުވާށެވެ.  

އިމެއް ނެތި ހިލޭ އަންހެނުން ގެންގުޅެން ފެށީއެވެ. އެކަމަށް ކެތްނުކުރެވިގެން އެވާހަކަ ދެއްކީމާ ބުނީ މިހާރު މިއީ "އޯޕަމް މެރިޖެއް" ކަމަށެވެ. އެބަހުގެ މާނައަކީ އެމީހަކު ބޭނުންގޮތަކަށް އުޅެންވީއެވެ. ކުރާނެ ކަމެއް ކުރަންވީއެވެ. ގުޅުން ހިންގަން ބޭނުންވާ ކޮންމެ މީހަކާއިވެސް ގުޅުން ހިންގަންވީއެވެ.  

އެހިސާބުން އޭނާގެ ކަންކަމަށް ވިސްނުން ހުއްޓައިލީމެވެ. މަސައްކަތްފެށީ އިށީންނާނެ ގަލެއް ހޯދުމަށެވެ. އެކަމަކު ފިރިމީހާ ގޮތަކަށް ނޫނެވެ. ޢިއްފަތްތެރިކަމާއިއެކުގައެވެ. ނަޞީބަކުން މާގިނަދުވަހު އެކަމަށް އިންތިޒާރުކުރާކަށްވެސް ނުޖެހުނެވެ. އެކުގައި ކިޔެވި ކުއްޖަކު އަހުރެން ބަލައިގެންފިއެވެ. 

އަހުރެން ވަރިއަށް އެދުނުދުވަހު އޭނާ ވަރަށް ދެރަވިއެވެ. ވަކިވެގެން ނުދިއުން އެދި އާދޭސްވެސް ކުރިއެވެ. އަހުރެން ބުނީމެވެ. "ރިވެތި ގޮތުގަ 4 އަނބިން ހަމަކުރިނަމަވެސް މައްސަލައެއް ނެތެވެ. އެއްވެސް ޝަކުވާއެއް ނުކޮށް އިނީމުހެވެ. އެއީ އަހުރެން ތިބާދެކެ ލޯބިވާތީއެވެ. އެކަމަކު ތިބާ އިޚްތިޔާރުކުރީ އެންމެ ނުބައި ގޮތެވެ. ނިކަން ބުނެބަލާށެވެ! ފިރިހެނުންނަށް 4 އަނބިން ހުއްދަވުމަކީ ޒިނޭކުރަން ހުއްދަވާ ސަބަބެއް ހެއްޔެވެ؟ ދުވާލަކު ކިތައް ޒިނޭ ތިބާ ކުރަން ހެއްޔެވެ؟ އަހުރެން ތިބާއާއި ވަކިމިވަނީ ތިބާދެކެ ލޯބިނުވާތީއެއް ނޫނެވެ! އެކުގައި ސުވަރުގެދާން މަސައްކަތްކުރުމުގެ ބަދަލުގައި ނަރަކައަށް ވަންނަން ތިބާ މިސްރާބުޖެހީމައެވެ. ދެންވެސް ވިސްނައި ތައުބާވާށެވެ! އަހުރެން ދެން ތިބާއަށް ޢުމުރަށް ސަލާމެވެ!"

 

- އަނބިމީހާގެ ޕޯސްޓަކުން

- މިއަދުނޫސް

މިއަދު އޮންލައިން