ހަފްތާގެ ދުވަސްތަކުން ބުރާސްފަތި ދުވަހާއިމެދު މިކަންކަމަށް ވިސްނާލަމުތަ؟ ލިބެން އޮތް މިފައިދާތައް ހަނދާންނައްތާލަންވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހަފްތާގެ ދުވަސްތަކުން ބުރާސްފަތި ދުވަހާއިމެދު
މިކަންކަމަށް ވިސްނާލަމުތަ؟ ލިބެން އޮތް މިފައިދާތައް ހަނދާންނައްތާލަންވެދާނެތަ؟

 

އިސްލާމް ދީނަކީ ނަޞޭޙަތުގެ ދީނެވެ! ހަނދުމަކޮށްދިނުމުގެ ދީންމެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ދީނެވެ. އެންމެން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމުގެ ދީނެވެ.

ބުރާސްފަތިދުވަހަކީ:

-ޢަމަލުތައް އުފުއްލެވޭ ދުވަހެއް،

-އެދުވަހެއްގައި ރޯދަ ހިއްޕެވުމަށް ރަސޫލާ ﷺ ލޯބިކުރެއްވި ދުވަހެއް.

- ﷲގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފިނަމަވެސް 70 އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާ

- ރޯދަވެރިންނަށްޓަކައި ރައްޔާން ނަމަކަށް ކިޔާ ޚާއްޞަ ދޮރޮކޮޅެއް ސުވަރުގޭގައިވޭ.

-ރޯދަވެރިން ނޫންބަޔަކަށް އެދޮރުކޮޅުން ސުވަރުގެ ނުވަދެވޭ،

-ރޯދަވެރިޔާ އަށް ﷲ ދެއްވާ ދަރުމަ އަކީ އަންލިމިޓެޑް އެއްޗެއް.

-ވެހޭތަނުގައި ފެންނަންގަވާ!

-ދަތްހުރި ދުވަހު ކާށި ކެވޭނީ!

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ހަނދުމަކޮށްލައި ދެއްވުމުގެ ގޮތުން ޑރ. އިޔާޟް މިބަސްފުޅު އަމާޒުކުރައްވާފައިވަނީ ބުރާސްފަތި ދުވަހަށެވެ. ހޯމަ ދުވަހަކީވެސް މިފަދަ ދުވަހެކެވެ! ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފަން އާދަކުރައްވާށެވެ!

މިއަދު އޮންލައިން