ޢިބްރަތްތެރި ވާހަކަ-: އޮންލައިން ލޯބީގެ ހުރި ނުރައްކާ! މަންމަގެ ހުޝިޔާރުކަމުން ކިރިޔާ ދެމައިންގެ ފުރާނަ ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޢިބްރަތްތެރި ވާހަކަ-: އޮންލައިން ލޯބީގެ ހުރި ނުރައްކާ! މަންމަގެ ހުޝިޔާރުކަމުން ކިރިޔާ ދެމައިންގެ ފުރާނަ ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އެއީ ތަނަވަސް މަންމައެއްގެ ހުރި ހަމައެކނި ދަރިފުޅެވެ. ފިރިހެން ކުއްޖެކެވެ. ސޯޝަލްމީޑިއާއިން ބައްދަލުވި އަންހެންކުއްޖަކާ ކައިވެނިކުރަން އުޅެން ފެށުމުން މަންމަ ބުނީ ފުރަތަމަ އޭނާގެ ޢާއިލާއާއި ބައްދަލުކޮށް ޢާއިލާ ދެނެގަތުމަށެވެ. ނަމަވެސް އެފުރުޞަތު އަންހެންކުއްޖާ ނުދިނުމުން މަންމަ އެދުނީ އެގެއަށް ދުވަސްކޮޅަކަށް އޭނާ ގެނައުމަށެވެ.  

ދަރުފުޅަށް ވިސްނައިދިނުމަށްފަހު މަންމަ ހެދުނީ ބީރު އަންހެނަކަށެވެ. އަންހެން ކުއްޖާ ގެއަށް ގެނެވުނުތާ 3 ވަނަ ރޭ ކާން މޭޒުކައިރީގައި އިށީނުމަށްފަހު މަންމަ ދަރިފުޅުގެ ގާތުގައި ބުނީ ތައްޔާރުކޮށްފައި ހުރި ޖޫސް ނުބުއިމަށެވެ.

"ދަރިފުޅާއެވެ! ދަރިފުޅުގެ ލޯބިވެރިޔާ މިގެއަށް އައިސް އެހުރީ ދަރިފުޅާ ކައިވެނިކުރާކަށް ނޫނެވެ. އޭނާ އައިސް އެހުރީ އޭނާގެ ލޯބިވެރިޔާ އާއި ދެމީހުން ރާވައިގެން ދަރިފުޅު މަސްތުކުރުވައި ދަރިފުޅު ލައްވައި ލިޔުންތަކެއްގައި ސޮއިކުރުވައިގެން އަހުރެމެންގެ ތަނަވަސްކަމުން ބޮޑުބައެއް ދަމައިގަތުމަށެވެ. ދަރިފުޅު ގެއިން ނުކުތުމަށްފަހު ދެމީހުން ފޯނުކޮށްގެން އެހެން ވާހަކައެއް ނުދައްކައެވެ. ދަރިފުޅަކީ ބަނގުރާބޯ މީހަކަށް ނުވުމުން މިރޭ ޖޫސްތައްޔާރުކޮށްފައި ތިއަހުރީ އެއަށް އެއްޗެއް އަޅައިގެން ދަރިފުޅު މަސްތުކުރުވޭނެ ގޮތަށެވެ."

އަންހެންކުއްޖާއަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. މަންމައަކީ ބީރު މީހެއް ނޫންކަމާއި ދެއްކި ހުރިހާ ވާހަކަތަކެއް މަންމައަށް އަޑުއިވުނުކަން އެނގުމުންނެވެ. ބުނެވޭނެ އެއްޗެއް ނެތުމުން އެދުނީ މާފަށެވެ. ޒުވާނާ ބުނީ މާފުކޮށްފިން ކަމަށާއި ނަމަވެސް ހިނދުކޮޅަކުވެސް މަޑުނުކޮށް އަވަހަށް ގެއިން ނުކުމެގެން ދިއުމަށެވެ. ކޮންމެ މީހަކީ މާފުކުރާނެ މީހެއް ނޫންކަމަށާއި މިފަދަ ދެރައެއް އެހެން މީހަކަށް ދިނުމަށް މަސައްކަތް ނުކުރުމަށެވެ. އަންހެން ކުއްޖާއަށް ޖެހުނީ ކަރުނަ އަޅަމުން ނުކުމެގެންދާށެވެ. ލިބެން އުޅުނު ތަނަވަސް ލޯބިވެރިޔާވެސް ތިމާގެ މަކަރުވެރިކަން ބޮޑުވުމުން ނުލިބުނީތީއެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިބާވަތުގެ ލޯބިވެރިން ވަރަށް ގިނަވާނެއެވެ. ވީމާ ސޯޝަލް މީޑިއާއިން ބައްދަލުވާ މީހުންގެ ޙަޤީޤަތް އޮޅުން ނުފިލުވައި ނުގުޅޭށެވެ. އެކަމުން ދެރަ ލިބޭނެ ގޮތެއް ވިސްނަންވެސް ނުއެނގޭނެއެވެ. ދެން ބުނެލަން ބޭނުންވަނީ ކިތަންމެ މުސްކުޅި ނަމަވެސް މަންމަގެ ބަސް ޤަބޫލުކުރާށެވެ! މައިންގެ ވިސްނުން ވަރަށް ތޫނުވާނެއެވެ.

 

- އަމީނާ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން