ސަލާމަތްކަން އޮތީ މިއާޔަތުގައި ބަޔާންކުރައްވަވާފައިވާފަދަ މީހަކަށްވެގެން ދުނިޔެވެސް އަދި އާޚިރަތްވެސް ލިބިނުގަނެވޭނެކަން ދަނެގެން ދުނިޔޭގަ އުޅުނު މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސަލާމަތްކަން އޮތީ މިއާޔަތުގައި ބަޔާންކުރައްވަވާފައިވާފަދަ މީހަކަށްވެގެން ދުނިޔެވެސް އަދި އާޚިރަތްވެސް ލިބިނުގަނެވޭނެކަން ދަނެގެން ދުނިޔޭގަ އުޅުނު މީހަކަށް!

ދުލުން، އަތުން، ފައިން ކަމެއް ނުކޮށް ހަމައެކަނި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް ޘަވާބު ދެއްވަވާނެ، އަދި އެހައިމެ ފައިދާ ބޮޑު އަޅުކަމެއް ކަމުގައި ލެއްވެވި ﷲ ތަޢާލާއަށް ޙަމްދުކުރާ ޙާލު ބުނެލަމެވެ.  

ތިމާއަށް ލިބޭ ހުސްވަގުތުތައް ގޭމްކުޅޭށާއި ފިލްމްބެލުމަށާއި އެހެންވެސް އެބާވަތުގެ ކަންކަމުގައި ހޭދަކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ގިނަވަޤުތު ހޭދަކުރާ މީހުންނަށް މިއާޔަތުން އިންޒާރު ނުލިބެނީ ހެއްޔެވެ؟  

މުޅި ދުވާލާ ރޭގަނޑުގެ ވަގުތައް ބޭކާރު ކަންކަމުގައި ހޭދަކުރާ މީހުން ބިރުވެތިވާން ނުވޭހެއްޔެވެ؟ ސަލާމަތް ކަމަކީ ހޯދުމުން ލިބެން އޮތް އެއްޗެކެވެ. ފުރުޞަތު އޮއްވައި ސަލާމަތްކަން ލިބިގަންނާށެވެ!  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ!  

"މުނާފިޤް ފިރިހެނުންނާއި، މުނާފިޤް އަންހެނުންނީ، އޭގެ އެއްބައަކު އަނެއްބައެއްގެ ތެރެއިންވާ ބައެކެވެ. އެއުރެން ނުބައިކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ  އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، މުނާފިޤުންނަކީ، ހަމަ ފާސިޤުންނެވެ." (އައްތައުބާ: 67) 

މިއާޔަތުން އެނގިގެން މިދަނީ ﷲ ތަޢާލާގެ މަގުގައި ހޭދަނުކޮށް މުށްބާރުކުރުމަކީ މުނާފިޤުންގެ ސިފައެއް ކަމެވެ. މުނާފިޤުން ތިބޭހުށީ ނަރަކައިގެ އެންމެ އަޑީގައެވެ. ނުވަތަ އެންމެ ގަދަފަދަ ޢަޛާބުގައެވެ. ވީއިރު މުނާފިޤުންގެ ތެރޭގައި ހިމެނިދާނެކަމަށް ބިރުވެތި ނުވަނީ ހެއްޔެވެ؟ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބު ލިބޭ މީހަކަށްވާން އެދޭނީ ވެސް ކާކުހެއްޔެވެ؟  

މީގެ އިތުރުން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ މީހުންގެ ވާހަކަވެސް އެވަނީ ބަޔާން ކުރައްވަވައިފައެވެ. "އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ  އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ."

މިބްސްފުޅުން އެނގިގެންދަނީ ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ މީހުންގެ މަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވާނެކަމެވެ. އެފަދަ މީހަކު ކަމުގައި ވެއްޖެ ނަމަ ލިބިގެންދާނެ ދެރަ ނިކަން ވިސްނައިލަބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން