ރަނާއި ރިހި ޙަރަދު ކުރުމަށްވުރެވެސް މާ މަތިވެރި ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރަނާއި ރިހި ޙަރަދު ކުރުމަށްވުރެވެސް މާ މަތިވެރި ޢަމަލެއް!

އެ ޢަމަލަކީ ވަރަށް ފަސޭހަ ޢަމަލެއް. ވަރުބަލި ވުމެއްގެ އިޙްސާސް ވުމެއް ނުވޭ. އަދި އަތުން ފައިސާތަކެއް ޚަރަދު ކުރާކަށް ނުޖެހޭ. ވަކި ތަނަކަށް ދަތުރު ހަދައިގެން ގޮސް ވަކި ވަޤުތަކަށް ހާއްސަ ކަމެއްވެސް ނޫން. އަދި ހަމަ އެގޮތަށް ޖިޙާދުގެ މައިދާނުގައި ޖިޙާދު ކުރުމަށް ބޭނުންވާފަދަ ވަރުގަދަ ހަށިގަނޑެއް، ވަރުގަދަ ބުންވަރެއް ބޭނުންވާފަދަ އަޅުކަމެއްވެސް ނޫން.  

އެހެން ނަމަވެސް އެކަމަކީ، އެ ޢަމަލަކީ އެންމެ އިތުރުކަން ބޮޑުވެގެންވާ އެންމެ ޝަރަފުވެރި ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޢަމަލެއް.  

އެއްދުވަހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުންނާ މުޙާތަބު ކުރައްވަމުން ޙަދީޘް ކުރައްވަނީ (އަރަބި) " ތިޔަބައި މީހުންގެ ޢަމަލު ތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިކަން ތިޔަބައިމީހުންނަށް ތިމަން ކަލޭގެފާނު ވިދާޅުވެ ދެއްވަންހެއްޔޭ؟" (އަރަބި) " އެއީ އެ ޢަމަލަކީ ތިޔަބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތުގައި އެންމެ މަޤްބޫލުވެގެންވާ ޢަމަލެވެ." (އަރަބި) "އަދި އެ ޢަމަލެއްގެ ސަބަބުން ތިޔަބައިމީހުންގެ ދަރަޖަތައް އެންމެ ބޮޑަށް އުފުލެވިގެންދާނޭ އެއް ޢަމަލެވެ." (އަރަބި) "އަދި ރަނާއި ރިހިން ޞަދަޤާތް ކުރުމަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ޢަމަލެކެވެ." (އަރަބި) " އަދި އެ ޢަމަލަކީ ތިޔަބައިމީހުން ޖިހާދުގެ މައިދާނުން ޢަދުއްވުންނާ ބައްދަލުކޮށް ތިޔަބައިމީހުންގެ ކަނޑިތަކުން އެބައިމީހުންގެ ކަރުގައި ޖަހާ ޤަތުލް ކޮށް އަދި އެބައިމީހުން އައިސް ތިޔަބައިމީހުން ޤަތުލްކޮށް ތިޔަބައިމީހުން ޝަޙީދު ކުރުމަށް ވުރެންވެސް ހެޔޮކަން ބޮޑުވެގެންވާ ޢަމަލެކެވެ."  

އެހިނދު އަޞްޙާބު ބޭކަލުން ވިދާޅުވަނީ އެ ޢަމަލަކީ ކޮބައިތޯއޭ ﷲ ގެ ރަސޫލާއޭ. ޙަދީޘް ކުރައްވާނީ ( ذكر الله) " ﷲ އަށް ޒިކުރު ކުރުމެވެ." ﷲ ހަނދުމަކޮށް ﷲ އަށް ޒިކުރު ކުރުމަކީ އެންމެ މަތިވެރި ވެގެންވާ އެންމެ ޝަރަފުވެރިވެގެންވާ އަޅުކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް.  

- އައްޝައިޚް އަޙްމަދު ޙުސައިންގެ ދަރުސަކުން

- -މިއަދުނޫސް

 

މިއަދު އޮންލައިން