ޚުޠުބާ-: ކަމަކާ ރުޅިއައިސް އެކަމުގެ ބަދަލުހިފުމަށް ކުޅަދާނައިރުވެސް، ރުޅި މައިތިރިކުރުމަކީ ސުވަރުގެ ވައްދަވައި އޭނާ ބޭނުން ހޫރަލްޢީނަކު އިޚުތިޔާރުކުރުމުގެ ފުރުޞަތު ދެއްވަވާނެ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޚުޠުބާ-: ކަމަކާ ރުޅިއައިސް އެކަމުގެ ބަދަލުހިފުމަށް ކުޅަދާނައިރުވެސް، ރުޅި މައިތިރިކުރުމަކީ ސުވަރުގެ ވައްދަވައި އޭނާ ބޭނުން ހޫރަލްޢީނަކު އިޚުތިޔާރުކުރުމުގެ ފުރުޞަތު ދެއްވަވާނެ ކަމެއް!

އަދި ރަސޫލުﷲ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ كَظَمَ غَيْظًا وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ، دَعَاهُ اللهُ عَلَى رُؤُوْسِ الْـخَلَائِقِ يَوْمَ الْقِيَامَةِ، حَتَّى يُـخَيِّرَهُ فِيْ أَيِّ الْـحُوْرِ شَاءَ)[1] މާނައީ: "މީހަކު ކަމަކާ ރުޅިއައިސް އެ ކަމުގެ ބަދަލުހިފުމުގެ މައްޗަށް ކުޅަދާނަވެގެންވާ ޙާލުގައި ވެސް، އެ ރުޅި މައިތިރިކޮށްފި ނަމަ، މާތް ﷲ އޭނާގެ މަތިވެރިކަން ހާމަކުރެއްވުމުގެ ގޮތުން މީސްތަކުންގެ ތެރޭގައި އެ މީހަކަށް ނިދާ އިއްވަވާނެއެވެ. އެ މަތިވެރި ސިފަލިބިގެންވާ މީހަކީ މިއީއެވެ. ދެން އޭނާ ސުވަރުގެ ވައްދަވައި އޭނާ ބޭނުން ހޫރަލްޢީނަކު އިޚުތިޔާރުކުރުމުގެ ފުރުޞަތު އޭނާއަށް ދެއްވާނެއެވެ."  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ އަޅުކަންތަކާއި އެންމެހައި މުޢާމަލާތުތަކުގައި އިބަ ރަސްކަލާނގެ ރުއްސަވާ މަގަށް ތައުފީޤުދެއްވާނދޭވެ! އަޅަމެންނީ އެންމެހައި ކަންކަމުގައި، އަޅަމެންނަށް ޓަކައި ހުރި ރިވެތިވެގެންވާ ނަމޫނާއެއްކަމުގައި އިބަ ރަސްކަލާނގެ ފޮނުއްވި ރަސޫލާ محمّد ﷺ އަށް ތަބަޢަވެ، އެކަލޭގެފާނުގެ އަޚުލާޤުން ސިފަލިބިގެންވާ ބައަކުކަމުގައި އަޅަމެން ލައްވާނދޭވެ!  ޙަޤީޤީ މާނާގައި ދީނަށް ތަބާވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އަޅަމެންގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް އަޅަމެންނަށް

މިންވަރުކުރައްވާނދޭވެ! އާމީން!

 

މިއަދު އޮންލައިން