ކުރިމަތިވެދާނެ ކަންކަމަށް ވިސްނަން ވަޤުތު ހޭދަކުރުމެއް ނެތް! އޮތީ އެކަން ﷲ އަށް ވަކީލުކޮށް ކޮންމެ ދުވަހަކުވެސް ވީހާގިނަ ހެޔޮ ޢަމަލުކުރަން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކުރިމަތިވެދާނެ ކަންކަމަށް ވިސްނަން ވަޤުތު
ހޭދަކުރުމެއް ނެތް! އޮތީ އެކަން ﷲ އަށް ވަކީލުކޮށް ކޮންމެ ދުވަހަކުވެސް ވީހާގިނަ
ހެޔޮ ޢަމަލުކުރަން މަސައްކަތްކުރުން!

ކައިވެނީގެ ޙަފްލާއެއްގައި ބައަކު ކީ

މަދަހައެއްގައި މާދަމާ ވާނެ ކަންކަން ރަސޫލް (ޞޢވ)އަށް އެނގިވަޑައިގަންނަވާ ކަމަށް ކިޔުމުން އެހެން ނުކިޔަން ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. "މާދަމާ ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ."

Girls were singing on marriage occasion:

 'Among us there is a Prophet who knows what will happen tomorrow.'

 He (ﷺ) said: "Do not say this, for no one knows what will happen tomorrow except Allah.”

— Ibn Majah, Hadith 1897

ވީމާ މާދަމާވާނެ ކަންކަމަށް ވިސްނަން ވަގުތު ހޭދަކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ!

އިންސާނުންނަށް ﷲ ތަޢާލާ ދެއްވެވި އެންމެ މަތިވެރި ނިޢްމަތަކީ ބުއްދީގެ ނިޢްމަތެވެ. ބުއްދީގެ ނިޢްމަތް މިކިޔަނީ ކަންކަމާއިމެދު ވިސްނައި ފިކުރުކުރުމުގެ ބާރަށެވެ. ޤިޔާމަތް ދުވަހު މީސްތަކުންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާން ޖެހެނީވެސް އެނިޢްމަތް ދެއްވެވީތީއެވެ. ބުއްދީގެ ނިޢްމަތް ދެއްވަވާފައިނުވާ އެއްވެސް މަޚްލޫޤަކަށް އަދި ބުއްދީގެ ނިޢްމަތް ނުދެއްވަވާ އެއްވެސް އިންސާނަކަށްވެސް ޖަވާބުދާރީ ވާކަށް ނުޖެހޭނެއެވެ.

މިހާރުގެ ބަހުރުވައިން ބުނެއުޅޭ ސުމެއްގެ ވިސްނުމަކީ ކޮބައިހެއްޔެވެ؟ ސުވާލުކުރެވިއްޖަނަމަ ގިނަ ބައަކު ބުނާނީ އެއީ އެކަމެއް ކުރުމުން ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ، އަދި ގެއްލުން ލިބޭނެ ވިސްނުން ކަމަށެވެ. އެއީ ހަމަ އެކަން އޮތްގޮތް ވެސް މެއެވެ.  

އަހަރެންގެ ނަޒަރުގައި ސުމެއްގެ ވިސްނުމަކީ މާދަން ކުރިމަތިވެދާނެ ކަންކަމާއިމެދު ކަންބޮޑުވެ އެކަންކަމަށް ވިސްނުމެވެ. އެހެނީ އެއްވެސް ކަމެއް މަދަމާ ވާނެގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ. އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ މާދަމާ ވާނެ ގޮތް ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! މާނައަކީ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. އަދި ވަކީލު ކުރުމާއިއެކު މިއަދު ތިމާއަށް ކުރެވެން ހުރި ކަންކަން ކުރަން އަވަސްވެގަންނާށެވެ! ވީހައި ގިނަ ހެޔޮ އަމަލުތައް ކުރާށެވެ.  

މާދަމާ ކަންކަން ވެދާނެ ގޮތަކާއިމެދު ވިސްނުމަކީ ސުމެއްގެ ކަމަކަށްވާ ސަބަބަކީ އެކަމަށް ވިސްނައި ފިކުރުކުރަން ހޭދަކުރާ ވަގުތުތަކަކީ ބޭކާރު ވަގުތުތަކެއް ކަމުގައިވާތީއެވެ. ތިމާއަށް އެކަމުން އެއްވެސް ފައިދާއެއ ނުކުރާނެތީއެވެ.

 ވީމާ ކޮންމެ ދުވަހަކީވެސް ފިޔަވަޅަކަށްފަހު

ފިޔަވަޅެއް ކުރިއަށް އަރާ ދުވަހަކަށް ހަދާށެވެ! ކާމިޔާބީ ދާނީ ފެންނަމުންނެވެ. އިން ޝާ ﷲ!  

--މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން