ނަމާދުކުރުމާ ޤުރްއާން ކިޔެވުން-: ކޮންމެ ދުވަހަކުވެސް ކުރަން އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭނެ ދެ އަޅުކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ނަމާދުކުރުމާ ޤުރްއާން ކިޔެވުން-: ކޮންމެ ދުވަހަކުވެސް ކުރަން އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭނެ ދެ އަޅުކަން-

މިއީ ހަނދުމަކޮށްދިނުމެކެވެ. އާޚިރަތް ލިބިގަންނަން އެދޭމީހާއަށް އޮތީ ވީހާ ގިނައިން ހެޔޮޢަމަލުތައް ކުރުމެވެ. ހެޔޮ ޢަމަލުތަކުގެ ތެރެއިންވެސް ނަމާދުކުރުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.  

ކީރިތި ޤުރްއާން ކިޔެވުމަށް ގިނަ ބައަކު އަންނަނީ ފަރުވާކުޑަކުރަމުންނެވެ. ޚަތިމް ކުރުމުގެ ބޭނުމުގައި ޢާންމުކޮށް ކޮންމެ ދުވަހަކު ޤުރްޢާން ކިޔަވާ މީހުން މަދުވެއްޖެއެވެ. ވީމާ ތިރީގައިވާ ބަސްކޮޅަށް ވިސްނައިލުން ކީއްހެއްޔެވެ؟  

އަޅުގަނޑުމެން ކުރާ ކިތަންމެ ކުޑަ ހެޔޮކަމެއް ނަމަވެސް އަޅުގަނޑުމެންނަށްޓަކައި ނުލިޔުއްވަވައި ދޫކޮށް ނުލައްވަވާނެތެވެ. އެކަމަށް ޘަވާބު ދެއްވަވާނެތެވެ. އެހެނަސް އެންމެ ފުރަތަމަ ޙިސާބު ބައްލަވާނީ ނަމަދާއިމެދުގައެވެ. އެހެން އަޅުކަން ޤަބޫލުފުޅުކުރައްވަވާނީ ނަމާދު ފުރިހަމަވެއްޖެ ނަމައެވެ.  

ދެން އޮތީ ޤުރްއާނެވެ. ކޮންމެ ދުވަހަކު ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް (ޞަފްޙާއެއް ނަމަވެސް ނުކިޔަވައި ދޫކޮށްނުލާށެވެ! ޤިޔާމަތް ދުވަހު އަޅުގަނޑުމެން އެކަނިވެރިވެފައި ތިބޭ ވަގުތު އައިސް ޤުރްއާން ޝަފާޢަތްތެރިވާނެއެވެ. (ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ.) 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ގުޅުންހުރި ވީޑިއޯ:  

 

މިއަދު އޮންލައިން