ކިތަންމެ އަގުބޮޑު ނުވަތަ ކުޑަރަނެއް ކީނަމަވެސް ކައިވެނި ނުކުރެވެނީސް ގައިގަ ބީހުމުން ލިބޭނެ އެންމެ ބޮޑު ދެރައަކީ ކައިވެނީގެ ބަރަކާތް ކެނޑުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކިތަންމެ އަގުބޮޑު ނުވަތަ ކުޑަރަނެއް ކީނަމަވެސް ކައިވެނި ނުކުރެވެނީސް ގައިގަ ބީހުމުން ލިބޭނެ އެންމެ ބޮޑު ދެރައަކީ ކައިވެނީގެ ބަރަކާތް ކެނޑުން!

ރަންކިޔުމަށްފަހު އެކުގައި އުޅެވިދާނެތޯ؟ ގައިގަ ބީހުން ހުއްދަވާނެތޯ؟ ރޭނުކޮށް އެކުގަ ނިދިދާނެތޯ؟  

ކިޔުންތެރިން ކުރައްވާ މިފަދަ ސުވާލުތަކަށް ބުނެލަން އޮތީ ދެމީހުންގެ ގުޅުން އެހިސާބަށްދާއިރު މިފަދަ ޒަމާނެއްގައި ގައިގައި ނުބީހި އެކުގައި އުޅުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މުހިންމީ ދެވަނަ ސުވާލެވެ. ރަންކިޔުމަށްފަހު ގައިގައި ބީހުން ހުއްދަވާނެތޯ ކުރައްވާފައި އޮތް ސުވާލެވެ. 3 ވަނައިގައި އޮތް ސުވާލުގައި އޮތް ގޮތަށް ކަންތައްކުރާނީ ދެމީހުންގެ މެދުގައި ހުރިހާ ގުޅުމެއްވެސް ހިންގާނެ މީހުންނެވެ. ވީމާ އެއީ އެންމެ ގެއްލުންހުރި ކަންތަކެވެ.  

އެންމެ ބޮޑަށް ވިސްނަންވީ ކައިވެންކުރެވުމަކީ ﷲ ތައާލާ ލައްވަވާ އެންމެ ބޮޑު ރަޙުމަތެއް ކަމާއި ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރެވޭނީ ﷲ ގެ ރަޙުމަތުން ކަމެވެ. ކައިވެނީގެ ފަހުން ކުރަން ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން ކައިވެނީގެ ކުރިން ކުރުމަކީ އެކަވެނީގައި ﷲ ތައާލާ ބަރަކާތް ނުލައްވަވައިފާނެ ކަމެކެވެ. އެއިރުން ލިބޭނެދެރަ މާބޮޑުވާނެއެވެ.  

ގުޅުންހުރި ލިޔުމެއް:  

"ކައިވެނިކުރަން އަނބިމީހާ ރަން ކިޔުމަކީ އަނބިމީހާގެ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް، ފިރިހެން މީހާއަށް ހުއްދަވާ ކަމެއް ނޫނެވެ. ހުއްދަވާނީ ކައިވެނި ޢަޤްދް ކުރުމުންނެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިޖަވާބު ދެއްވާފައިވަނީ "ރަންކިޔުމުން މިހާރު އެއްފަޅި ޙަލާލުވާނެ ކަމަށް" ބައެއް ފިރިހެނުން ބުނާ ކަމަށާއި ރަންކިޔުމުން އަނބިމީހާގެ ގައިގައި އެއްވެސް ވަރަކަށް އަތްލުން ފިރިހެން މީހާއަށް ހުއްދަވާނެތޯ؟ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.  

ޑރ. އިޔާޟްގެ ޖަވާބުން އެނގިގެންދަނީ ރަންކީ ނަމަވެސް ގައިގައި އަތްލުމުގެ ހުއްދަ އެއްވެސް ވަރަކަށް ނުލިބޭނެ ކަމާއި އެ ހުއްދަ ލިބޭނީ ކައިވެނި ކުރުމުން ކަމެވެ. ވީމާ ފިރިހެން މީހާ ކޮންމެ އިބާރާތަކުން އެދުނު ނަމަވެސް ކައިވެނީގެ ކުރިން އަންހެން މީހާގެ ގައިގައި އަތްލުމުގެ ހުއްދަ އެއްވެސް މިންވަރަކަށް ނެތް ކަމެވެ.

 

މިއަދު އޮންލައިން