ހުރިހާ ގޮތަކުންވެސް އެމީހަކަށް އެންމެ ފައިދާކުރާނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހުރިހާ ގޮތަކުންވެސް އެމީހަކަށް އެންމެ ފައިދާކުރާނެ ކަންތައް!

ބައެއް މީހުން ބުނެއެވެ. އަހުރެން ފާފައެއް ނުކުރަމެވެ. އެބުނެވެނީ އެމީހަކަށް އެނގިހުރެގެން ފާފައެއް ނުކުރާކަމަށެވެ. މައްސަލައަކަށްވަނީ ނުއެނގުިހުރެވެސް ފާފަތައް ކުރެވޭ ކަމެކެވެ. އަދި އެނގޭ ބައެއް ކަންކަމަކީ ފާފައެއް ނޫންކަމަށް ވިސްނައި އަޅައިވެސް ނުލެވޭ ކަމެވެ.  

ގިނަގިނައިން ފާފަ ފުއްސެވުން އެދި ދަންނަވަންޖެހޭ ސަބަބާއި އެކަމުގެ ފައިދާ ވަނީ ގިނަ ބައަކަށް އޮޅިފައެވެ. ޙަޤީޤަތަކީ ފާފައެއް ކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަ ފުސއސަވައި ދެއްވެވުން އެދި ދެންނެވުމުން އެކަން އެއޮތީ ނިމިފައެވެ. އެމީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ދެން އޮތީ ފާފަފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމުން ކުރާނެ ފައިދާއެވެ. ތައުބާވެ ފާފަނުކޮށް ހުންނަ ޙާލުގައިވެސް ފާފަ ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ އެކަމުގެ ސަބަބުން އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލި މަތިވެރިވަމުންދާނެ ސަބަބެކެވެ. އަދި އެމިހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ. ވީމާ ތިމާގެ ބޭނުންތައް ފުދި އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިކުރަން އެދޭމީހާ ތައުބާވުން ގިނަކުރާށެވެ.  

ވިސްނައިލާށެވެ! ރަސޫލް ﷺ ގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާކަން ރަނގަޅަށް އެނގިވަޑައި ހުންނަވައިގެންވެސް  ކޮންމެ ދުވަހަކު 70- 100 ފަހަރު ތައުބާވެވަޑައިގަންނަވަމުން ގެންދެވީ އެކަމުގެ މުހިންމުކަން އުންމަތަށް ބަޔާކޮށްދެއްވެވުމަށެވެ. އެކަން އަހަރެމެންވެސް ކުރަންވާނެއެވެ.  

ކޮންމެ ނަމާދެއް ނިމިގެން އަހަރެމެން 3 ފަހަރު އަސްތަޣްފިރުﷲ ކިޔައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދެމުއެވެ. އަހަރެން ބުނާނީ ނަމާދުކޮށް، ޛިކުރުކޮށް ނިމިގެން މިސްކިތުނަ ފައިބާއިރުވެސް އަސްތަޣްފިރުﷲ ކިޔަމުން ފައިބާށެވެ. އެއިރުން އެއްވެސް ބުރަކަމަކާއި ނުލައި ކޮންމެ ދުވަހަކު 100 ފަހަރު ކިޔޭނެތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން