ކޮންމެ އިންސާނަކީވެސް ފާފަކުރެވޭނެ މީހެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި އެންމެ ހުޝިޔާރު ނުވަތަ އެންމެ ކުޅަދާނަ މީހަކީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހާއެވެ. އެކަމުން ދައްކައިދެނީ އޭނާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއް ކަމެވެ.
"ވައަތު ކޮނޑުގައި ތިއްބަވާ މަލާއިކަތުން ތިއްބަވަނީ އަހަރެމެންނަށް ކުރެވޭ ފާފަތައް ފަތުގައި ލިޔުއްވެވުމަށެވެ. އެހެނަސް އިންސާނާއަށް ފާފައެއް ކުރެވޭ ހިނދު ﷲ ތަޢާލާ ވަޙީކުރައްވަވަނީ އަދި އިހަށް އެފާފަ ނުލިޔުއްވައި މަޑުކޮށްލެއްވެވުމަށެވެ.
6 ގަޑިއިރު ތެރޭގައި ތައުބާވެއްޖެނަމަ އެފާފަ ފަތުގައި ނުލިޔުއްވަވާނެތެވެ. ތައުބާ ނުވިނަމަވެސް މަލާއިކަތުންނަށް އަންނގަވަނީ ހަމަ އެންމެ ފާފައެއް ކުރި ކަމަށް ލިޔުއްވެވުމަށެވެ. (މާނައީ ހެޔޮކަމެއް ކޮށްފިނަމަ މަދުވެގެން 10 ހެޔޮކަން ލިޔުއްވެވި ނަމަވެސް ކުރެވޭ ފާފަތައް އިތުރު ނުކުރައްވަވާ ކަމެވެ.("
- މުފްތީ މެންކް
މި ބަސްފުޅުގެ މާނަ އޮޅުވައިނުލާށެވެ! މިއީ ހިތަށްއެރިހައި ވަރަކަށް ފާފަކުރަން ލިބޭ ހުއްދައެއް ނޫނެވެ. 6 ގަޑިއިރުތެރޭގައި ތައުބާވެއްޖެނަމަ ފަތުގައި ނުލިޔުއްވަވައި ދޫކޮށްލައްވަވާނެތީ އެއީ ބޭނުންވާހައި ފާފަތަކެއް ކުރުމަށް އޮތް ފުރުޞަތެއް ނޫނެވެ.
އަބަދުވެސް މަސައްކަތްކުރަންވާނީ ފާފައެއް ނުކޮށް ހުރުމަށެވެ. ފާފަތަކާއި ދިރުހެލިވުމަށެވެ. ޝައިޚް ބަޔާންކޮށްދެއްވަވާފައި އެވަނީ ފާފަ ނުކުރަން މަސައްކަތްކުރަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމުގެ މުހިންމުކަން ބޮޑުކަމެވެ. ތައުބާވާމީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރާއި އެކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ.
- މިއަދުނޫސް