ޢިބްރަތްތެރި ވާހަކަ: ލޯބިވެވުނު ހިސާބުން ފެށިގެން ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރި ދެމަފިރިއެއްގެ ދިރިއުޅުމަށް ކުރުމުއްދަތެއްގައި ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެވުނު ހިސާބުން ފެށިގެން ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރި ދެމަފިރިއެއްގެ ދިރިއުޅުމަށް ކުރުމުއްދަތެއްގައި ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަހުރެންނަށް އޭނާ ފެނުނީ ސުޕަމާކެޓަކުންނެވެ. އޭނާ ގަތީ ދަތްއުނގުޅާ ބޭސްފުޅިއެކެވެ. އެހެންކަމުން އޭނާއަކީ ފައިސާވެރިއެއް ނޫންކަން ވިސްނުނެވެ. ނަމަވެސް އޭނާގެ މޫނުމަތިން އަހުރެންނަށް ފެނުނީ އުޖާލާކަމެވެ. އެހެންވެ އަހުރެން އިސްވެ އޭނާއާއި ވާހަކަދެއްކީމެވެ. ފޯނު ނަންބަރުވެސް ހޯދީމެވެ. 

ދެމީހުންގެ މެދުގައި ވާހަކަދެކެވެމުން އައިސް މިޒާޖުއެނގުމުން އިސްވެ ލޯބިހުށަހެޅީވެސް އަހުރެންނެވެ. އޭނާގެ ކަންބޮޑުވުމަކަށްވީ އޭނާގެ ފަޤީރުކަމެވެ. ލިބޭ މުސާރައިން މައިންބަފައިންނަށް ޚަރަދުކުރަމުން ބާކީނުކުރެވޭ ކަމެވެ. އަހުރެން ބުނީ އަހުރެންވެސް ވަޒީފާއަދާކުރާކަމަށާއި އަހުރެންނަށްވެސް މުސާރަ ލިބޭކަމަށެވެ.

ކޮންމެއަކަސް ލޯބިވެގެން ތިބޭކަށް ނުހަދަމެވެ. ކައިވެނިކުރީއެވެ. ދިރިއުޅެން ދިއައީވެސް އޭނާގެ ގެއަށެވެ. އެއީ މައިންބަފައިން ދޫކޮށްލާފައި އޭނާއަށް އަހުރެންގެ ގާތަށް އައުދެވެން ނެތުމުންނެވެ. އަހުރެން އޭނާގެ ނިންމުމަށް އިޙްތިރާމްކުރީ އޭނާގެ އެނިންމުމަކީ މާތް ﷲ އަށްޓަކައި ނިންމި ނިންމުމަމަކަށްވާތީއެވެ. މައިންބަފައިންނަށް ޚިދުމަތްކުރުމަކީ މާތް ﷲ އަށްޓަކައި ކުރަންޖެހޭ ކަމަކަށްވާތީއެވެ.  

ކުރުކޮށްލާނަމެވެ. ފުރަތަމަ އުޅުނީ ވަރަށް ދަތިޙާލުގައެވެ. ނިދަންޖެހުނީވެސް އަހުރެންނަކީ ފަލަ އަންހެނަކަށްވުމުން ދެމީހުންނަށް ހަމަޖެހިލައިގެން ތިބެވޭވަރަށްވުރެ ކުޑަ އެނދެއްގައެވެ. އެހެންކަމާއިއެކުވެސް ދެމީހުން ކެތްތެރިވީއެވެ.  

އޭނާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ކޮށްފައިވާ އެންމެ ބޮޑުފައިދާއަކީ ކިޔެވުނުކަމެއް ނޫނެވެ. ތަޤްވާވެރިކަން ލިބިފައިވުމެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް ސުންނަތަށް ޢަމަލުކުރުމުގެ އިތުރަށް ރޭކުރީވެސް ދެމީހުން އެކުގައި ރޭއަޅުކަންކޮށް ދުޢާކޮށްފައެވެ.  

ކައިވެންޏަށް އަދިމިވީ 5 އަހަރެވެ. ދެމަފިރިން މިކުރަނީ އަމިއްލަ މަސައްކަތެވެ. މިހާރުވެސް 7 ޢަދަދުގެ އާމްދަނީއެއް ކޮންމެ މަހަކުވެސް ލިބެއެވެ. ދެމީހުންގެ މައިންބަފައިންގެ ކަންކަން ބަލަހައްޓާފައިވެސް އުފަލުގައި އުޅެވެއެވެ.  

އަހުރެންގެ މިވާހަކަކޮޅު ހާމަކުރުމުގެ ބޭނުމަކީ ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކުރުމަށާއި އެންމެ އިސްކަންދޭ ކަމަކީ ދެމަފިރިން އެކުގައި ރޭއަޅުކަންކުރުން ކަމަށް ހެދުމުގެ އިތުރަށް ދެމީހުންގެ މައިންބަފައިންނަށްވެސް ހެޔޮކޮށް ހިތަން ބުނުމެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. މިބުނި މަގުން ޢަމަލުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ކަމެއްކަން އަހުރެމެން ދެމަފިރިންނަށް މިވަނީ ތަޖުރިބާކުރެވިފައެވެ.  

- މިއީ ޢުމުރުން 32 އަހަރުގެ މެލޭސިޔާ އަންހެނަކު ބުނެފައިވާ ވާހަކަކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން