އަޅުގަނޑު ވިތުރިކުރަން ބޭނުމެވެ. ނުކުރެވެނީ ނިދާފައި ނުހޭލެވޭތީއެވެ. ވީމާ ޙައްލަކީ ކޮބައިތޯ؟
ވިތުރި ކުރުމުގެ ވަގުތަކީ ޢިޝާނަމާދުން ފެށިގެން ފަތިސްވުމާއިދެމެދެވެ. ވީމާ ޢިޝާ ނަމާދު ނިމިގެންކުރާ ރަވާތިބު ސުންނަތަށްފަހު ވެސް ވިތުރި ކުރެވިދާނެއެވެ. ހޭލެވޭނެ ނަމަ މޮޅު އިތުރުވެގެންވަނީ ރޭގަނޑުގެ ފަހުބައިގައި ކުރުމުވެ. އެއިރުން އެނަމާދުގައި މަލާއިކަތުން ބައިވެރިވެވަޑައިގަންނަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ދެން ބުނެލަން އޮތީ ވިތުރިއަކީ އެމީހަކު ބޭނުންވާ ވަރަކަށް ކުރެވެން އޮތް ނަމާދެކެވެ. މިޘާލަކަށް 5 ރަކްޢަތްވެސް ކުރެވިދާނެއެވެ. 7 ރަކްޢަތްވެސް ކުރވިދާނެއެވެ. 9 ރަކްޢަތްވެސް ކުރެވިދާނެއެވެ. ވީމާ 5 ރަކްޢަތް ކުރަން ބޭނުންވާ މީހަކަށް ނިދުމުގެ ކުރިން 2 ރަކްޢަތްކޮށްފައި ދަންވަރު ހޭލައިގެން 3 ރަކްޢަތް ކުރެވިދާނެއެވެ.
ސުންނަތް ނަމާދުތަކުގައި އޮތީ އެމީހަކަށް ކެރިކުޅަދާނަވާ މިންވަރަކަށް ކުރުމެވެ. ކުރާ ވަރަކަށް އަބަދުވެސް ކުރަމުން ގެންދިއުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އިތުރު މަޢުލޫމާތު:
https://miadhu.mv/articles/4265269