ތިރީގައިވާ ލިޔުމުގައި އެވަނީ ރޭއަޅުކަމުގަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވި މަގެވެ. އެމިންވަރަށް ކިޔެވުމަކީ އަހުރެމެންނަށް ކުޅަދާނަކަމަކަށް ނުވިނަމަވެސް އެންމެ މުހިންމު ކަމަކީ ކުޅަދާނަ މިންވަރަކަށް ކިޔަވައި ރޭއަޅުކަން ކުރުމުގައި ދެމހުރުމެވެ.
ހުޒެއިފާ ރަޟިޔަﷲ ޢަންހު ވިދާޅުވަނީ ތިމަންކަލޭގެފާނު އެއްރެއެއްގަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގަ ނަމާދަށް ހުންނެވީމެވެ. (" ޤިޔާމުއް ލައިލް" ގެ ވާހަކަ މި އަންނަނީ. ރޭ އަޅުކަމުގެ ވާހަކަ) ހުންނެވީމެވެ. އެހިނދު އެކަލޭގެފާނު ފައްޓަވައިފިއޭ ސޫރަތެއް، ސޫރަތުލް ބަޤަރާ. --- މި ސޫރަތް ފައްޓަވައިފިއެވެ. ފައްޓަވައިފަ ހިތްޕުޅަށްއަރާ ވަޑައިގަތޭ ރުކޫއަށް ވަޑައިގަންނަވާނެއޭ ގާތްގަނޑަކަށް 100 އާޔަތް ކިޔުއްވެވުމަށްފަހުގަ. މިހެން ހުއްޓާ 100އާޔަތް ފަހަނައަޅާ ގޮއްސިއޭ. ހިތްޕުޅަށް އަރާ ވަޑައިގެންފިއޭ، ދެން ސޫރަތް ނިމެންދެން ކިޔުއްވަވާނެއޭ. ކުރިއަށް ވަޑައިގެންނެވިއޭ، ދެން ޖެހިގެން އޮތް ސޫރަތް ފެޓެވިއޭ. އަނެއް ސޫރަތް ފެއްޓެވިއޭ. މިގޮތަށް ގޮސް ޢާލު އިމްރާން، ނިސާ ސޫރަތް ނިންމަވާފައޭ ރުކޫޢަށް ވަޑައިގެންނެވީ.
އަދި ކޮބާ ހަމައެކަނި މިހާވަރަކުން ނިންމާލީކީއެއް ނޫނޭ. އަދި ކޮންމެ އާޔަތަކަށް ﷲ ގެ މި ޞައިޠާނާގެ ކިބައިން ރައްކާތެރިވާން، ނަރަކައިގެ ޢަޒަބުން ރައްކަތެރިވާން އަންނަ ކޮންމެ އާޔަތަކަށް މަޑުކުރައްވާ ދުޢާ ކުރައްވައޭ. ތަޞްބީޙަ އަންނަ ކޮންމެ އާޔަތަކަށް ﷲ އަށް ތަޞްބީޙަ ވިދާޅުވެއޭ. ސުވަރުގޭގެ ވާހަކަ އަންނަ ކޮންމެ ތަނަކަށް ސުވަރުގެ ލިބުމަށް އެދި ދުޢާ ކުރައްވައޭ. އެއަށްފަހުގައޭ ކުރިއަށް ވަޑައިގަންނަވަނީ.
ދެން ވިސްނަވާ، ކިތައް އާޔަތް އަންނާނެތޯ؟ އެންމެ ދިގު ސޫރަތްތަކުގެ ވާހަކަ މިކިޔަނީ. އެއް ރަކްޢާތުގެ ވާހަކަ މި ކިޔަނީ، ކިޔުއްވިއޭ. ދެން ވަޑައިގެންނެވިއޭ ރުކޫޢަށް. ހަމަ ރުކޫޢޫގަ ވިއޭ ޤިޔާމުގަ ވީހާ ވަޤުތު. ދެން ހަމަ އެހާ ވަޤުތު ކޮށްފަ ވަޑައިގެންނެވީ ސަޖިދައަށް. ސަޖިދައިގެ ވަޤުތާޢި ޤިޔާމުގެ ވަޤުތާޢި ދާދި އެއްވަރެކެވެ.
ކިހިނެއްތޯ އަޅުގަނޑުމެން. ހަމަ ޖެހޭ ކަމެއް ނޭންގެ ނިތްކުރި މައްޗަށް، ހަމަ ޖެހުނީ މައްޗަށް. އެހެން ނޫންތޯ. މަޑުޖެހިލުމެއް ނެތް. ސުންނަތް ނަމާދުގަވެސް. މިއެއް ނޫން މުހިއްމީ. ކީރިތި ޤުރުއާން އެބޭފުޅުން ފަރިތަ ވެފަވާވަރު. ބައެއް ބޭފުޅުން އެބަހުރި ޟުޙާ ނަމާދުގެ ސުންނަތް ދެ ރަކްޢަތް ކޮށްލައްވާއިރު ބަޤަރާ ސޫރަތް، ޢާލް ޢިމްރާން ސޫރަތް، ނިސާ ސޫރަތް ނިންމަވާފަ. ދެރަކްޢަތް ކޮށް ނިމޭއިރު ނިމިފަ. އަޅުގަނޑުމެން މި އަންނަނީ "ޤުލްހުވަﷲ ޢަހަދު" ނުކިއިގެން. އެހެން ނޫންތޯ. އަވަސް ކޮށްލާވަރުން އަދި ކިޔުނުކަން، ނުކިޔުނުކަންވެސް ޝައްކުވާ ހާލުގަ މިއުޅެނީ. އެކަމަކު އެބޭފުޅުން ސޫރަތް ކިޔުއްވާއިރު އަންހެން ބޭފުޅުންވެސް އެބަ ހުރި ޟުޙާ ނަމާދުކުރެއްވުމުގަ މި މޭރުމުން އައިއްސަ.
- ޝައިޚް މުޙައްމަދު މަންސޫރުގެ ދަރުސަކުން