ޙަޔާތުގައި އުފަލުގައި ހުރުމަށް ބޭނުންވާ 7 އުސޫލު!

ކިޔުމަށް ހޭދަވާނީ 1މ 36ސ
ޙަޔާތުގައި އުފަލުގައި ހުރުމަށް ބޭނުންވާ 7 އުސޫލު!

ސިއުޒާ

 

1.    ނަފްރަތު ނުކުރާސެވެ:

ނަފްރަތުގެ ސަބަބުން އެންމެ ފަހުވަގުތު ވޭން ލިބޭނީ ހަމަ ތިބާއަށެވެ. ރުޅިވެރިކަން ދޫކޮށްލާފައި މާފްކުރުން އިޚްތިޔާރު ކުރާށެވެ. ތިބާގެ ހިތަށް މިނިވަންކަން ލިބޭނެ ގޮތަކީ އެއީއެވެ.  

2.    ކަންބޮޑު ނުވާށެވެ:

ހާސްވެ ކަންބޮޑުވެގެން އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެއެވެ. ތިބާއަށް ކުރެވެން އޮތް އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް ކުރާށެވެ. އަދި ކަންކަން ވާގޮތަ ބަލާށެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަން ވިސްނާށެވެ. 

3.    އާދައިގެ ދިރިއުޅެމެއް އުޅޭށެވެ:

ކަންކަން ހާސިލްކުރަން އުޅުނު ވަރަކަށް ތިބާގެ ހާސްކަން ބޮޑުވާނެއެވެ. ތިބާއަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ސަމާލުކަންދޭށެވެ. ސުލްޙަ، ލޯބި އަދި ތިބާއާ އެންމެ ގާތް މީހުންނެވެ.  

4.    އެންމެ ކުޑަ މިންވަރަށް އުންމީދު ކުރާށެވެ:

ތިބާގެ އުއްމީދުތައް ވީހާވެސް ކުޑަ ކުރުމުން ތިބާގެ ހިތްހަމަ ނުޖެހުންތައް ކުޑަ ވާނެއެވެ. ކިތަންމެ ކުޑަޔަސް އަދި ބޮޑަސް، ޙަޔާތުން ތިބާއަށް ލިބޭ މިންވަރަށް ޝުކުރު ކުރާށެވެ.  

5.    ގިނައިން ދޭށެވެ:

ވަޤުތާއި، ހިތްހެޔޮކަމާއި އަދި ލޯބީގައި ދީލަތި ވާށެވެ. ދީލަތި ވުމަކީ ފަޤީރުވާނެކަމެއް ނޫނެވެ. އެކަމުން ތިބާގެ ހިތް މުއްސަނދި ވާނެއެވެ.  

6.    އަބަދުވެސް ހިނިތުން ވާށެވެ:

ހިނިތުން ވުމަކީ ޚަރަދެއް ދާނެ ކަމެއް ނޫނެވެ. އެހެނަސް އެކަމުން ތިބާ އާއި އެހެން މީހުންގެވެސް މުޅި ދުވަސް އުޖާލާކޮށްދެއެވެ. ހިތްހެޔޮކަމާއި އެކު އުލޭށެވެ. 

7.    އަބަދުވެސް ﷲ ހަނދުމަ ކުރާށެވެ:

ހަމަހިމޭން ވަޤުތުގައި ﷲ އާއި ވާހަކަ ދައްކާށެވެ. އެކަމުން ތިބާ އެންމެ ބޭނުންވާ ވަޤުތުގައި ސުލްޙައާއި ހިތްވަރު ލިބިދެއެވެ.  

މިކަންކަމަކީ ޙަޔާތުގައި އުފަލުގައި ހުރުމަށް ބޭނުންވާ ކަންކަން ކަމަށް ބަޔާންކުރައްވައި ޢިލްމްވެރިން ހާމަކުރައްވާ ކަންކަމެވެ.

 

 

- މިއަދުނޫސް

މިއަދު އޮންލައިން