ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަށް އެސްފީނާ ޖައްސުވާ ބައަކަށް މައިންބަފައިން ވެގެން އެމުޞީބާތުން ދަރިން ސަލާމަތްކުރެވޭނެ ގޮތެއް ނިކަން ބުނެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަށް އެސްފީނާ ޖައްސުވާ ބައަކަށް މައިންބަފައިން ވެގެން އެމުޞީބާތުން ދަރިން ސަލާމަތްކުރެވޭނެ ގޮތެއް ނިކަން ބުނެބަލަ!

އަހުރެމެން އެއްވެސް މީހަކަށް އެސްފީނާއެއް ނުލަމެވެ. މީހަކަށް އުނދަގުލެއް ނުކުރަމެވެ. އަހުރެމެންނަށާ އަހުރެމެންގެ ދަރިންނަށް އެސްފީނާލަނީ ކީއްވެގެން ހެއްޔެވެ؟ އަބަދުހެން އުޅެން މިޖެހެނީ އެމުޞީބާތުން ސަލާމަތް ނުވެވިގެންނެވެ! 

ލޮބުވެތި މައިންބަފައިންނޭވެ! މިފަދަ ވާހަކަތައް ދެއްކުމަކުން ނުފުދޭނެއެވެ. ތިމާމެންނަށް ހެދޭ މިބޮޑު ގޯސްތަކަށް ވިސްނާށެވެ!  

މިހާރަކަށް އައިސް ދަރިފުޅަށް ރަނގަޅު ކާއެއްޗެއް ދެވިއްޖެ ނަމަ އެ ފޮޓޯނަގައެވެ. އަދި ކީއްހެއްޔެވެ؟ ރީތި ހެދުމެއް ލެއްވުނު ނަމަވެސް އަގު ބޮޑު ގަހަނާއެއް އެޅުވުނު ނަމަވެސް ފޮޓޯނަގައެވެ. އަދި އެވަރުން ފުދެނީއެއް ނޫނެވެ. ކްލާހުން ބެޖެއް ލިބުނަސް ފޮޓޯނަގައެވެ. އަގުބޮޑުތަނަކަށް ޗުއްޓީ ހޭދަކުރަން ދެވުނު ނަމަވެސް ފެންވަރު ރަނގަޅު ތަނަކަށް ކާން ދެވުނު ނަމަވެސްމެއެވެ.  

ނަގާފައި ސޯޝަލްމީޑިއާގައި ހާމަކުރެއެވެ. އެވަރަކުން ވެސް ނުފުދެއެވެ. އެކަކާއި އަނެކަކު މިކަންކަމުގައި ވާދަކުރެއެވެ. އަނެކާއަށްވުރެ ތިމާގެ ދަރިފުޅަށް ކޮށްދެވޭ ކަންކަމުގެ އަގުބޮޑުކަން ދައްކަން މަސައްކަތްކުރެއެވެ! މިކަންކަމުގެ ނަތީޖާއަކަށްވެގެންދަނީ ހަސަދަވެރިން އުފެދުމެވެ. އެސްފީނާ އަޅަން ފެށުމެވެ.  

ދަރިން މި ނުބައި އަނދަވަޅަށް ތިއަ ވައްޓައިލަނީ ހަމަ މައިންބަފައިންގެ އަތްތަކުންނެވެ.  

ދަރިންނަށް ކަންކަން ކޮށްދޭންވީ ދުނިޔެއަށް އަންގާކަށް ނޫނެވެ! ދުނިޔެއަށް އިޝްތިހާރުކުރާކަށް ނޫނެވެ! ދަރިންނަށް ރަނގަޅަކަށެވެ. ދަރިންގެ އުފަލަކަށެވެ. ނަމަވެސް ތިއަ އަމަލުކުރެވޭ ގޮތުން ދަރިންނަށް ލިބެނީ ބޮޑެތި އނިޔާއެވެ! ގެއްލުމެވެ! ހިތްދަތިކަމެވެ! ވީމާ ހަމަ ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! 

އެހެން މީހުންގެ އެސްފީނާއިން ދަރިން ސަލާމަތްކުރާށެވެ! ދަރިންދެކެ ޙަޤީޤީ ލޯބިވާނަމަ ދަރިންނަށް އަނިޔާދޭ ބައަކަށް ނުވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން