ދަތިޙާލުން އަރައިގަނެވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވާނެ މީހަކަށްވާން ކުރަންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަތިޙާލުން އަރައިގަނެވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވާނެ މީހަކަށްވާން ކުރަންޖެހޭ ކަންތައް!

ﷲ ތަޢަލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އަލްޠަލާޤް: 3)  

ރިޒްޤް ހޯދަން މަސައްކަތްކުރާއިރު މިއާޔަތް ހިތުގައިބާއްވާށެވެ! މި އާޔަތުގެ މައްޗަށް ޔަޤީންކަން އިތުރުކުރާށެވެ!  

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތް ނޫން ގޮތްގޮތުން ރިޒްޤް ހޯދަނީ ރިޒްޤް އިތުރުކުރުމުގެ ބޭނުމުގައެވެ. އެއީ އެމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮންނަ އިތުބާރުކުޑަވުމުންނެވެ. ނުވަތަ އިތުބާރު ނެތުމުންނެވެ. އޭނާއަށް ޙައްޤު މިންވަރަށް ރިޒުޤް ދެއްވަވާނެ ކަމަށް އިތުބާރު ނުކުރެވޭތީއެވެ. ނުވަތަ ދެއްވަވާ މިންވަރަށް ޝުކުރުވެރި ނުވެވޭތީއެވެ.  

ޙަލާލް ރިޒްޤް ނޫނީ ބޭނުން ނުކުރުމުގެ ވާހަކަ މިހައި ގިނައިން ދައްކަން ޖެހެނީ އެކަމުގެ މުހިންމުކަން ތިމާގެ މުޅި ހަޔާތާއި ގުޅިފައިވާތީއެވެ. ކުރާ އަޅުކަމާއި އަދި ކުރާ ދުޢާ އިޖާބަ ކުރެއްވެވުމާއިވެސް ގުޅިފައިވާތީއެވެ! ޙަލާލް ތަކެތި ކައިބޮއިހެދުމަކީ ދުޢާ ޢިޖާބަކުރަެއްވެވުމަށް އޮތް ޝަރުތެކެވެ. ކުރާ ދުޢާ ޢިޖާބަކުރެއްވެވުމުން ނޫނީ ކުރިމަތިވާ ކަންތަކުން އަރައިގަނެވޭނެ ގޮތެއް ނެތެވެ.  

ޖުމުލަކޮށްލާފައި ބުނާނަމަ ބުނަންޖެހޭނީ ތިމާއަށް ދުނިޔެއާއި އާޚިރަތް ލިބުމާއިވެސް އެންމެ ބޮޑަށް ގުޅިފައިވަނީ ޙަލާލު ރިޒުޤް ނޫނީ ކައިބޮއި ނުހެދުމެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން