ވިލާތައް އުފެދިފައިވާ ގޮތް ޤުރުއާނުގައި ވަރަށް ތަފްސީލުކޮށް ބަޔާން ކުރައްވަވާފައި ވެއެވެ. އަދި ހަމަ އެއާއެކު ކަނޑުގެ އެންމެ އަޑި އޮންނާނެ ގޮތްވެސް ވަނީ މި ފޮތުގައި ސިފަ ކޮށްދެއްވަވާފައެވެ.
ހައިރާން ވާ ކަމަކީ ޤުރުއާނަކީ ޒަމާނީ ސައިންސް ފޮތެއް ނޫނެވެ. އެއީ 1400 އަހަރު ވެފައިވާ ފޮތެކެވެ. މި ފޮތުގައި ކައުނު ބޮޑުވަމުން ދަނީ ކިހިނެއްކަން ބަޔާން ކުރައްވަވާފައި ވެއެވެ. އެއީ މިދިޔަ 200 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދިފައިވާ ހޯދުންތަކެކެވެ. ވީއިރު ޤުރުއާނުގައި މި ހުރިހާ ކަމެއް އެހާ ތަފްސީލުކޮށް ބަޔާން ވެފައި އެއޮތީ ކިހިނެއްތޯ؟
ޤުރުއާނުގައި "ދުވަސް" މި ބަސް 365 ފަހަރު އައިސްފައި ވެއެވެ. އަދި " މަސް" މިބަސް 12 ފަހަރު އައިސްފައިވެއެއެވެ. މިއީ މިހާރުގެ ކަލަންޑަރުގައި އަދަދުތައް އައިސްފައިވާ ގޮތެވެ. އަދި މިއަށްވުރެވެސް ހައިރާން ވާންޖެހެނީ " ބިން" މިބަސް 13 ފަހަރު އަދި " ކަނޑު" މި ބަސް 32 ފަހަރު އައިސްފައި ވެއެވެ. މިއީ ސީދާ %71 ކަނޑު އަދި %29 ބިން ކަމަށް ދުނިޔޭގެ ޗާޓުގައި މިހާރު ދައްކާ ގޮތެވެ.
އަދި " ފިރިހެނުން" މި ބަސް 23 ފަހަރު އަދި " އަންހެނުން" މި ބަސް 23 ފަހަރު އައިސްފައި ވެއެވެ. އަޅުގަނޑުމެން އެންމެން ދަންނާނެހެން އަޅުގަނޑުމެންގެ ހަށިގަނޑުގައި ވަނީ 23 ބަޔަށް ބަހާލެވިފައިވާ ކްރޮމޯސަމްސް އެވެ.
މި ހުރިހާ ކަމަކަށް ވިސްނާލުމުންވެސް އެނގިގެން ދަނީ ޝައްކެއްވެސްނެތް ގޮތުގައި ޤުރުއާނަކީ ސީދާ ﷲ ގެ ބަސްފުޅު ކަމެވެ.
-ޢިލްމްވެރިއަކު ދައްކަވާފައިވާ ވާހަކަފުޅަކުން
- މިއަދުނޫސް