ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ގިނަގިނައިން ބައިވެރިޔާއަށް ހަދިޔާ ދިނުމަކީ ގުޅުން ބަދަހިވެ ލޯބި ދެމެހެއްޓޭ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ގިނަގިނައިން ބައިވެރިޔާއަށް ހަދިޔާ ދިނުމަކީ ގުޅުން ބަދަހިވެ ލޯބި ދެމެހެއްޓޭ ސަބަބެއް!

ގޭގެ ޚަރަދަށް ފިރިމީހާދޭ ފައިސާއިން ފިރިމީހާއަށް ގަމީހެއް ފަދަ އެއްޗެއް ފިރިމީހާ ގާތު ނުބުނެ ގަތުމަކީ ކުށެއްތޯ؟  

ހެޔޮލަފާ އަނބިންގެ ކިބައިން މިފަދަ ސުވާލުތައް ލިބެއެވެ. އެއީ ކުށަކަށްވެދާނެކަމެއްވެސް ކުރެވިދާނެ ކަމަށް ބިރުގަންނާތީއެވެ.  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ގެއަށް ޚަރަދުކުރަން ދީފައި ހުންނަ ފައިސާއިން ބާކީކުރެވޭނަމަ ފިރިމީހާއަށް ހަދިޔާ ދިނުމަށް އެއްޗެއް ގަތުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ފިރިމީހާ އެކަން މަނާކޮށްފިނަމަ އެކަން ނުކުރާށެވެ. ރަނގަޅު ގޮތަކީ އެއީއެވެ.  

ގުޅުންހުރި ލިޔުމެއް-: 

ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރަން ކުރެވޭނެ ވަރަށް ގިނަ ކަންކަން ޙަދީޘްފުޅުތަކުން ފެންނަން އެބައޮތެވެ. އެކަންކަން ބަޔާންކުރައްވަވާފައި އެވަނީ ދެމަފިރިންގެ މެދުގައި ލޯބި ދެމެހެއްޓމުގެ މުހިންމުކަން ބޮޑުކަމުންނެވެ.  

އެގޮތުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް ހަދިޔާ ދިނުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާނެ ކަމެކެވެ. އެކަން ޙަދީޘްފުޅުން އެނގެން މިއޮތީއެވެ. ވީމާ އެއީ މީހަކު ބުނީތީ ކުރަން އޮތް ކަމެއް ނޫނެވެ. ޔަޤިންކަމާއިއެކު ކުރަން އޮތް ކަމެކެވެ.  

Abu Huraira reported: The Prophet, peace and blessings be upon him, said, “Give each other gifts and you will love each other.”

Source: al-Adab al-Mufrad 594

Grade: Hasan (fair) according to Ibn Hajar 

ހަދިޔާ ދިނުމުގައި ފާހަގަކުރަންޖެހޭ އެއްކަމަކީ ފިރިހެނުން ޢާންމު ގޮތެއްގައި ބޭނުންވާނީ އަގުބޮޑު އެއްޗެއްސެވެ. ވީމާ ގިނައިން ދިނުމުގެ ބަދަލުގައި އަހަރަކު އެއްފަހަރު ނަމަވެސް ލިބޭ މިންވަރަކުން އަގުހުރި އެއްޗެއްދޭށެވެ.  

އަނބިމީހާއަކީ އަމިއްލަމަސައްކަތުން އާމްދަނީ ނުހޯދައި ގޭގައި އިންނަ އަނތބަކުނަމަ ފިރިން ވިސްނައިލަންޖެހޭނެ ކަމަކީ އަނބިމީހާއަށް ތިމާއަށް ހަދިޔާދެވޭނީ ފިރިމީހާ އެކަމަށް މަގުފަހިކޮށްދިނުމުންކަމެވެ. ވީމާ އަނބިމީހާއަތަށް ޚަރަދުކުރާނެ ފައިސާދޭއިރު އެކަމަށް ވިސްނައި ކޮންމެވެސް މިންވަރެއް ބާކީ ކުރެވޭނެވަރަށް ދޭންވާނެއެވެ.

ދެން އަނބިމީހާއަށް ބަލައިފިނަމަ އަންހެނުންގެ ޠަބީޢަތް ހުންނަގޮތުން އެމީހުންނަކީ ވަރަށް ގިނައިން ހަދިޔާ ބޭނުންވާ ބައެކެވެ. ވީމާ ކިތަންމެ ކުޑައެއްޗެއް ނަމަވެސް ގިނައިން ދޭށެވެ. ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ހަފްތާއަކު ނުދެވުނު ނަމަވެސް މަދުވެގެން މަހަކު ދެ ފަހަރު އަނބިމީހާއަށް ކިތަންމެ ކުޑަ ނަމަވެސް ހަދިޔާއެއް ދޭން މަސައްކަތްކުރާށެވެ!  

އަނބިންނަށްވެސް އެކި ދުވަސްތަކުގައި، ކައިވެނީގެ އަހަރީ ދުވަސް ފަދަ ދުވަސްތަކުގައި ލިބުނު މިންވަރަކުން އަގުބޮޑު ހަދިޔާއެއް ދޭން މަސައްކަތްކުރަންވާނެއެވެ. އެއީ ދީން މަނާކުރާ ކަމެއް ނޫނެވެ. އެހެނީ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމަކީ ދެމީހުންގެ މެދުގައި ލޯބި އިތުރުވާ ކަމެކެވެ.  

ދެން ބަލައިލަންވީ މާލީ ކަންކަން ހުންނަގޮތުން ކުޑަ ހަދިޔާއެއްވެސް ގަނެނުލެވޭނެ ފެންވަރުގެ މީހުންނަށެވެ. އެފަދަ މީހުން ނިކަން އަތުން ލޯބީގެ ޅެންބައިތެއް ލިޔެލާފައި ނަމަވެސް ދީބަލާށެވެ. ފިހާރަތަކުން މައު ނުގަނެވޭނަމަ ކޮންމެވެސް ތަނެއްގައި ހުރި ގަހަކުން މަލެއް ބިނދެލާފައި ނަމަވެސް އަނބިމީހާއަށް ދީބަލާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން