70 އަހަރުގެ އަންހެނަކު އެކަނި ދިރިއުޅެން އުނދަގޫވެގެން ޕޯސްޓެއް ކުރީމާ 75 އަހަރުގެ މީހަކަށް ހެދިގެން 55 އަހަރުގެ މީހަކު ކައިވެނިކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
70 އަހަރުގެ އަންހެނަކު އެކަނި ދިރިއުޅެން އުނދަގޫވެގެން ޕޯސްޓެއް ކުރީމާ 75 އަހަރުގެ މީހަކަށް ހެދިގެން 55 އަހަރުގެ މީހަކު ކައިވެނިކޮށްފި!

70 އަހަރުގެ އަންހެނަކު އޭނާގެ ފޭސްބުކުގައި ލިޔުނީ ފިރިމީހާ އޭނާ ވަރިކުރިފަހުން 10 އަހަރުވެއްޖެކަމަށާއި ވަރިކުރީ އޭނާގެ ކުށެއް އޮވެގެން ނޫންކަމަށެވެ. އެހެން އަންހެނަކުދެކެ ލޯބިވުމުން ދޫކޮށްލީ ކަމަށެވެ. އެކަނި ހުންނަން އުނދަގޫވާ ކަމަށެވެ. ބައިވެރިއަކަށް ބޭނުންވާ ކަމަށެވެ.  

ޕޯސްޓް ލިޔުމުން ގިނަ ބައަކު ކޮމެންޓުކުރިއެވެ. މެސެޖްކުރިއެވެ. އެއިގެ ތެރެއިން 5 މީހަކާއި ވާހަކަދައްކަމުން ގޮސް ކައިވެނިކުރީ އޭނާއަށްވުރެ 15 އަހަރު ހަގުމީހަކާއެވެ.

ކައިވެނިކުރެވުމުން އޭނާ ލިޔެފައިވެއެވެ. "ގިނައިން މިފެންނަނީ ޢުމުރު ހަގުކޮށްގެން އުޅޭ މީހުންނެވެ. ނަމަވެސް ފިރިމީހާ އަހުރެންނާއި ވާހަކަދެއްކީ 75 އަހަރުގެ މީހަކަށް ހެދިގެންނެވެ. ހަގުކަން އެނގުނީ ފުރަތަމަ ފަހަރަށް ބައްދަލުވުމުންނެވެ. ބައްދަލުވީ ރަންކިޔުއްވަން އައިމައެވެ."  

ކައިވެންޏަށް 3 އަހަރު ފުރުން ފާހަގަކުރަން އޭނާ ލިޔެފައިވެއެވެ. "އަހުރެންގެ ފިރިމީހާ އަދި ވަރަށް ރަނގަޅެވެ. ފުރަތަމަ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅެވެ."

މިހުންނަނީވެސް ހިނގާ ކަންކަމެވެ. ބައިވެރިއަކަށް ބޭނުންވާނަމަ ތެދުވެރިވާށެވެ. ތެދުވެރިކަމުގައި އިނދެގެން ބައިވެރިއަކު ހޯދަން މަސައްކަތްކުރާށެވެ. ލައްވަވާނެ ރަޙުމަތެއް ނުއެނގޭނެއެވެ. މިއަންހެން މީހާއަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ.

 

- ޚަލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން