އަޅުގަނޑުގެ މަންމައަކީ 60 އަހަރުވާން ގާތްވެފައި އިން ހުވަފަތް އަންހެނެކެވެ. ދަރިން އެހީތެރިވެއެވެ. އެކަމަކުވެސް އުޅެނީ ކައިވެނިކުރަން ބޭނުންވެގެންނެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ މަންމަ ކައިވެނިކުރަން ބޭނުންވާނަމަ އޮތީ އެކަމަށް ރުހި މަގުފަހިކޮށްދިނުމެވެ. ޢުމުރުން ކިތަންމެ ދޮށިވިޔަސް ހަށިގަނޑަށް ބޭނުންވާނެ ކަންތަތަކެއްވެސް ހުންނާނެއެވެ. ދަރިން ކިތަންމެ ބޮޑަށް ހެޔޮކޮށް ހިތިނަމަވެސް އެކަންކަން ޙާޞިލެއް ނުވާނެއެވެ.
ހަމައެއާއިއެކު ޢުމުރުން ދުވަސްވުމުންވެސް ބައިވެރިއަކަށް ބޭނުންވާނެ މީހުންވެސް ތިބޭނެއެވެ. ތިމާގެ އެކަނިވެރިކަން ފިލުވުމަށާއި ބައިވެރިއެއްގެ އަޅާލުމަށް ބޭނުންވާތީއެވެ. އެއީވެސް ދަރިންނަށް ކޮސްދެވޭނެ ކަންކަމެއް ނޫނެވެ.
އެއީ ކޮންކަހަލަކަމެއްތޯ؟ މިސުވާލަށް ބުނެލަން އޮތީ އެއީ ގޯސްކަމެއް ނަމަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ހުވަފަތް މުސްކުޅި އަންހެނުންނަކާއި ކައިވެނިފުޅު ބައްލަވައެއް ނުގަތީހެވެ. އެކަމުން އެނގެނީ އެފަދަ ކައިވެނި ކުރަން ހިތްވަރުލިބިގަންނަންޖެހޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން