މިމަގުން ޢަމަލުކޮށް މިފަދައިން ދުޢާކުރާ މީހާގެ ދެއަތް ފުރުއްވަވާލަދެއްވަވާނެކަން ޔަޤީން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މިމަގުން ޢަމަލުކޮށް މިފަދައިން ދުޢާކުރާ މީހާގެ ދެއަތް ފުރުއްވަވާލަދެއްވަވާނެކަން ޔަޤީން! އިން ޝާ ﷲ

ކިތަންމެ ބޮޑު ނިކަމެތި ކަމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ. ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ!  

ރޭގަނޑުގެ ފަހު 3 ބައިން ފަހު ބައަށް އުޅުމުން އެނދުން ތެދުވާށެވެ! ވުޟޫކޮށްލާށެވެ! 2 ރަކްޢަތް ނަމާދެއް ކޮށް ތާޒާވެލާށެވެ. އެއަށްފަހު ދެއަތް އުފުލައި ދަންނަވާށެވެ!  

"ޔާ ﷲ! މިއަޅާގެ އަތުގައި އޮތީ އިނބަ ﷲ ދެއްވެވި ދެ އަތެވެ. އެއީ އެއްވެސް އެއްޗެއް ނެތް ހުސް ދެއަތެވެ! އިނބަ ﷲ އީ ހުރިހާކަމަކުން ފުދިވޮޑިގެންވާ އެންމެހައި އިންސާނުންނަށް ނުހަނު ދީލަތި ގޮތުގައި ރަހްމް ކުރައްވަވާ އިލާހްއެވެ. މިއަޅާގެ ހިތާއި ދެއަތް ފުރުއްވައިލަދެއްވަވާނދޭވެ!"  

މިފަދަ ޢިބާރާތަކުން ދުޢާކޮށްފިނަމަ އެމީހަކަށް މާޔޫސްވާން ނުޖެހޭނެކަން އަހަރެން ޔަޤީން ކުރަމެވެ. އިން ޝާ ﷲ. އަހަރެމެންނަށް އޮތީ ހަމަ ދެ އަތް އުފުލައި އިޚްލާޞްތެރިކަމާއިއެކު ދުޢާ ކުރުމެވެ.  

މީހަކު 20،30،40،50، 60 އަހަރުވަންދެން ﷲ ތައާލާގެ މަތިން ހަނދުމަ ނުކޮށް އުޅުމަށްފަހުގައިވެސް ދެއަތް މައްޗަށް އުފުލާލައި "ޔާﷲ" އެވެ ދަންނަވައިފިނަމަ އެއަޑު އައްސަވައިވޮޑިގެންވެއެވެ! އޭނާ ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވަވަތެވެ. ޖަވާބުގައި "މިއަޅާގެ ތައުބާ ޤަބޫލުފުޅުކޮށް ދެއްވެވުން" ކަމުގައި ދަންނަވައިފިނަމަ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކޮށްދެއްވަވަތެވެ. 

އަހަރެމެން ދަންނަވަން ބޭނުން ކޮންމެ ޢިބާރާތަކުން ދެންނެވޭނެއެވެ! ވީމާ މިފަދަ ޢިބާރާތްތަކުން ދަންނަވާށެވެ!

"ޔާ ﷲ! މިއަޅާއަށް އިހްމާލް ވެވިއްޖެއެވެ. ނުކިޔަމަންތެރިވެސް ވެވިއްޖެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ބިލިއަން މަލާއިކަތުން އިނބަ ﷲ އަށް ސަޖިދަ ކުރެތެވެ. ސަޖިދައިގައި ތިބެތެވެ. ޔާ ﷲ! މިނިކަމެތި އަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަ ފުއްސަވައި ދެއްވަވާނދޭވެ!"  

އިޚްލާޞްތެރިކަމާއިއެކު މިފަދަ ޢިބާރާތްތަކުން ދަންނަނަވައިފި ނަމަ އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމާއިމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަމެވެ.  

ވީއިރު ތައުބާ ނުވެ މިތިބެނީ ކީއްވެގެން ހެއްޔެވެ؟ މަރު ނުވެ އަދިވެސް އެތައް އަހަރެއް ވަންދެން ދުނިޔޭގައި ހުރެވިދާނެ ކަމަށް ޔަޤީން ކުރެވެނީ ހެއްޔެވެ؟ އެއީ ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ. 

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން