އަހަރެމެންގެ ތެރެއިން ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ފާފަކުރަން ފުރުޞަތު ލިބުމަކީ އަވަހަށް އެކަންކުރަންވީ ސަބަބުކަމުގައެވެ. ޖީބުގައި ފައިސާ ހުރުމަކީ ހިލޭ އަންހެނުންނަށް ޚަރަދުކޮށްގެން ފާހިޝް އަމަލުތައް ކުރަންވީ ސަބަބެއް ކަމަށެވެ. އަތުގައި ފައިސާ ހުރިނަމަ ރިބާ ހިމެނޭ ގޮތަށް ލޯނުވެސް ޑޭންވީ ކަމަށެވެ.
ހަމައެފަދައިން ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުވެވުމަކީ ވެސް ފާފައަށް އަރައިގަންނަންވީ ސަބަބެއް ކަމަސް ދެކޭ އަންހެނުންނާއި ފިރިހެނުންވެސް ވަރަށް ގިނައެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް މުޅިންތަފާތެވެ!
ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވަނީ ވަރަށް މަދު ކަންތައްތަކެކެވެ. އަދި އެއިން ކޮންމެ ކަމަކީ އެކަމެއް ކުރުމުން މީސްތަކުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަންތައްތަކެއްވެސް މެއެވެ. އެކަމެއް ކުރުމުން އެއްވެސް އިންސާނަކަށް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ﷲ ތަޢާލާ ނަހީ ކުރައްވަވާފައެއް ނުވެއެވެ.
އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އަދި ބިރުގަންނަން ޖެހޭ އެއްކަމަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރުމަށް ވަރަށް ފަސޭހައިން މަގުފަހިވެގެންދާ ކަމެވެ. ފުރުޞަތުތައް ފަހިވެގެންދާ ކަމެވެ. އެގޮތަށް މެދުވެރި ކުރައްވަވަނީ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ.
މިސާލަކަށް މީހަކަށް ދެއްވަވާ މަޤާމެއްގެ ސަބަބުން ނުވަތަ ތަނަވަސްކަމުގެ ސަބަބުން ވަރަށް ގިނައިން ޤައުމުން ބޭރަށް ދިއުމުގެ ފުރުޞަތު ލިބިދާނެއެވެ. ވަޒީފާގެ ގޮތުން ނުވަތަ ދިރިއުޅެން ކުރާ މަސައްކަތުގެ ގޮތުން ވަރަށް ގިނައިން ބޭރު ޤައުމުތަކަށް ދިއުމުގެ ފުރުޞަތު ލިބިދާނެއެވެ. ހަމައެފަދައިން ތިމާ އެމީހަކާއި އެންމެ ގަޔާވާ ސިފަތައް ހުރި މީހަކާއިއެކު ވަރަށް މިނިވަންކަމާއިއެކު އުޅުމުގެ ފުރުޞަތު ލިބިދާނެއެވެ. ގޭގައި އެކަނި އުޅެންވެސް މެދުވެރިވެދާނެއެވެ.
ބައެއް ފަހަރު ލިބޭ ފުރުޞަތުގެ ސަބަބުން ވަރަށް ފަސޭހައިން ޚިޔާނާތްތެރިވެ ވައްކަންކުރުމުގެ ފުރުޞަތުވެސް ލިބިދާނެއެވެ. އަދި މިނޫން ފާފަތައް ކުރުމުގެ ފުރުޞަތުވެސް ލިބިދާނެއެވެ.
މީހަކަށް މިފަދަ ފުރުޞަތެއް ލިބިއްޖެ ނަމަ ޝައިޠޯނާ ވަރަށް އަވަސް އަރުވާލާފައި އައިސް ފާފަކުރަން ނަޞޭޙަތްދީ ހިތްވަރުދޭނެއެވެ. ޤައުމުން ބޭރުގައި ހުންނައިރު ފާފައެއް ކުރިނަމަވެސް އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށްބުނެ ބަނގުރާ ބުއިމާއި ޖުވާކުޅުމާއި ފާހިޝް އަމަލުތައް ކުރުން ފަދަ ކަންކަން ކުރަން ނަޞޭޙަތްތެރިވެ ވަސްވާސް ދޭނެއެވެ. ފަހަތުން ވިއްދާގޮތަށް ކުރަންދެން ވަސްވާސް ދިނުން މަތީގައި ދެމިހުންނާނެއެވެ.
އެހާލަތުގައި ފުރަތަމަވެސް ކުރަން ޖެހޭނެ ކަމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރި ނަމަވެސް ތިމާކުރާ އަމަލުތައް ﷲ ތަޢާލާ ވަގުތުން ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެނައުމެވެ. އަދި މިއީ ﷲ ތަޢާލާ ތިމާ ކުރައްވަވާ އިމްތިޙާނެއްކަން ޤަބޫލުކުރުމެވެ. ޔަޤީން ކުރަންވީ ފާފަ ކުރުމުގެ ފުރުޞަތު ލިބުމުން ނުކުރުމަކީ ކިހައި މަތިވެރި ނިޢްމަތް ދެއްވަވާ ކަމެއް ކަމެވެ.
ހަމަ އެއާއިއެކު ދައުލަތުގެ ނަމަވެސް އަމިއްލަ މީހެއްގެ ކިބައިން ނަމަވެސް ނާޖާއިޒު ފައިދާތައް ނެގިދާނެ ފަދަ މަޤާމުތައް ލިބޭ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ. ހަމަކަށަވަރުން އެއީ ކުރިމަތި ކުރައްވަވާ އިމްތިޙާން ތަކެކެވެ. ހިތާމައަކީ ގިނަ ބއަކު ފޭލްވަމުންދާ ކަމެވެ.
5. 'A man who is called by a woman of beauty and position but he says: 'I fear Allah'
This world is full of temptations which lead to burning in the Fire and amongst them is that which comes from women. Many a man has led his soul into destruction on account of the lure of a woman which is why the Prophet warned his Ummah specifically about this. He said, "The world is sweet and green and verily Allah is going to install you as successors upon it in order to see how you act. So avoid the allurement of women: verily the first trial for the Children of Israa'eel was caused by women." (Aboo Sa'eed al-Khudree & collected in Saheeh Muslim (Eng. trans.) vol.4, p.1432, no.6606)
The most important provision which we need to protect ourselves from this and all other temptations in life is the fear (khawf) of Allah. This fact is alluded to in the following Quranic Ayah: "And as for him who feared standing before his Lord and restrained himself from impure evil desires, verily Paradise will be his abode." (an- Naazi'aat:40-41)
ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ލިބިގެން ނުވާ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހިޔާވަހިކަން ލިބޭނެ އެކަކީ ރިވެތި އަންހެނަކު ޒިނޭކުރުމަށް ދައުވަތު ދިނުމުން ﷲ ތަޢާލާއަށް ބިރުން އެކަން ނުކުރި މީހާއެވެ. މިކަމުން ވެސް އެނގިގެންދަނީ ފާފަތަކަށް އަރައިގަނެ ދުނިޔޭގެ އުފާތައް ޙާޞިލުކުރުމުގެ ފުރުޞަތު ލިބުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ޙައްޤުމަގުގައި ހުރުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ނިޢްމަތްތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން