ހަނދުމަކޮށްދިނުމެއް!: ނަމާދަށްފަހު ޛިކުރުކުރުމާ ދުޢާކުރުމާބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ހަނދުމަކޮށްދިނުމެއް!: ނަމާދަށްފަހު ޛިކުރުކުރުމާ ދުޢާކުރުމާބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

ސުވާލު: ނަމާދަށްފަހު ޖަމާޢީކޮށްކުރާ ދުޢާއާ ބެހޭގޮތުން އަހަރެން ސުވާލުކުރަމެވެ. އެއީ މިޘާލަކަށް އިމާމު މީހާ ދުޢާކުރުމުން ދެން ތިބިމީހުން "އާމީން" ކިޔުމެވެ. ފަހެ މިފަދަ ޙާލަތެއްގައިކުރާ ދުޢާ އިޖާބަކުރެވޭނެ ހެއްޔެވެ؟ 

ޖަވާބު: ދުޢާ އިޖާބަކުރެއްވުމާމެދު ދަންނައެވެ. ފަހެ އެއީ ﷲ ތަޢާލާއަށް އޮތްކަމެކެވެ. 

ދެން މިޢަމަލާމެދު ދަންނައެވެ. ފަހެ، މިއީ ބިދުޢައެކެވެ. ފަހެ ނަބިއްޔާ صلى الله عليه وعلى آله وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއިގެން އެފަދައިން ނަމާދުފަހުން ދުޢާކޮށް ނުއުޅުއްވައެވެ. އަދި ކިއެއް ހެއްޔެވެ. އެކަލޭގެފާނު ތިންފަހަރު އިސްތިޣްފާރުކުރެއްވުމަށް ފަހު، ((اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ)) މިފަދައިން ވިދާޅުވެއެވެ. 

ނަމާދަށްފަހު ކިޔުމަށް ތިޔަފަދަ ދުޢާއެއް ނުވެއެވެ. ނަމާދުގެ ފަހުން ކިޔާނީ ސުންނަތުން ވާރިދުވެފައިވާ ޛިކުރުތަކެވެ. އެހެނީ ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ ނަމާދުކޮށް އަވަދިވެގެން ޛިކުރުކުރުމަށެވެ. ފަހެ އެއިލާޙު ވަޙީކުރެއްވިއެވެ.  

(فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ…) " سورة النساء ١۰٣]

މާނައީ: "އަދި ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން الله ހަނދުމަކޮށް އުޅޭށެވެ. ކޮޅަށްތިބޭ ޙާލުގައްޔާއި، އިށީނދެތިބޭ ޙާލުގައްޔާއި، އޮށޯވެތިބޭ ޙާލުގައެވެ. " 

ދުޢާކުރުމަށް އެއިލާހު (މިތާގައި) އަމުރުކުރައްވާފައި ނުވެއެވެ. ދުޢާކުރުމަށް އަމުރުވެވިގެންވަނީ ފަހު އައްތަޙިއްޔާތަށް ފަހުއެވެ. ފަހެ ނަބިއްޔާ صلى الله عليه وعلى آله وسلم އައްތަޙިއްޔާތާ ބެހޭގޮތުން  ޙަދީޘްކުރެއްވިއެވެ. 

((ثُمَّ يَتَخَيَّرُ مِنَ الدُّعَاءِ أَعْجَبَهُ إِلَيْهِ، فَيَدْعُو)) [رواه البخاري] 

މާނައީ: "ދެން އެއަށްފަހު އެމީހަކު އެންމެ އެދޭ ދުޢާއެއް ޚިޔާރުކުރާށެވެ. އަދި ދުޢާކުރާށެވެ." 

ފަހެ ދުޢާކުރަންވީ ވަޤުތަކީ ނަމާދުން ސަލާމްދިނުމުގެ ކުރިންނެވެ. ޝަރުޢީ ދަލީލުތަކުގައި އައިސްފައިވަނީ މިފަދައިންނެވެ. ސަލާމްދިނުމަށްފަހު އޮތް ވަޤުތަކީ ޛިކުރުކުރުމުގެ ވަޤުތެވެ…

ފަޟީލަތުއްޝައިޙު މުޙައްމަދު އިބްނު ޞާލިޙުލް ޢުޘައިމީން رحمه الله

[فتاوى نور على الدرب للعثيمين (12 / 181)]

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން