"ކޮންމެ މީހަކަށްވެސް ކުށެއް ކުރިވިދާނެއެވެ." މިއީ ވަރަށް ފަސޭހައިން ބުނެވޭ ބަހެކެވެ. ބަހުގައި އެއްވެސް މައްސަލައެއްވެސް ނެތެވެ. އެއީ ވަރަށް ތެދު ޙަޤީޤަތެކެވެ. ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހެކެވެ.
މައްސަލައަކަށްވަނީ ތިބާއަށް ކުށޭއްކުރެވުމުން އެކަމާއި ގުޅިގެން ބައިވެރިޔާއަށް ކަމެއް ކުރެވުނީމާ ބައިވެރިޔާއަށް އެކަންކުރެވުނީ ތިމާގެ ސަބަބުންކަމަށް ޤަބޫލުކުރަން ދެކޮޅުހަދައި އެކަންކުރީތީ ބައިވެރިޔާ ކުށްވެރިކުރުމެވެ.
އެކަމުން އަންގައިދެނީ ތިބާއަކީ ތިބާއަށް ކުރެވޭ ކުށް ޤަބޫލުކުރަން ބޭނުންވާ މީހަކު ނޫންކަމެވެ. އަދި ތިބާ ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް އެކަމުގެ ސަބަބުން އަނެކާއަށް އެއްވެސް އަސަރެއް ނުކުރާނެ ނުވަތަ ކޮށްގެންވާނެ ކަމަށް ތިބާ ޤަބޫލުނުކުރާ ކަމެވެ.
މިގޮތަށް ވިސްނޭ މީހުންނަށް ބުނެލަން އޮތީ މިޘާލެކެވެ. މިޘާލަކަށް އަނބިމީހާ ކުށެއް ކުރީއެވެ. ދެން ތިބާ ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ކަމެއް ނުކުރާނަންހެއްޔެވެ؟ އަނގައިންވެސް ނުބުނެ ހުންނާނީ ހެއްޔެވެ؟ އެކަން އެނގުނުކަމަށްވެސް ނުހަދާނީ ހެއްޔެވެ؟
އެމީހަކު އަހުރެންނަކަށް ފެނިފައެއް ނުވެއެވެ. އަނެކާކުރި ކުށާއި ގުޅިގެން ކޮންމެވެސް ފިޔަވަޅެއް އަޅައެވެ. އެކިމީހުން އެކިވަރުގެ ފިޔަވަޅެވެ.
ވީމާ ބައިވެރިޔާއަށް ކުރެވޭ ކުށަކާ ގުޅިގެން ތިބާއަށް ކަމެއް ކުރެވުމުން ތިބާދެކެ ރުޅިއަންނަ މީހަކާއެކު ދިރިއުޅެން މަސައްކަތްކޮށްގެން ކުރާނެ ފައިދާއެއް ނެތެވެ. އެއީ އޭނާއަކީ ކުށެއްކުރެވުމުން އެކަން ޤަބޫލުކުރަން ބޭނުންވާ މީހަކަށް ނުވާތީއެވެ. އެފަދަ މީހަކު އިޞްލާޙްނުވާނެތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް