ކޮންމެ ޙާލެއްގައިވެސް ތިމާކުރަންޖެހޭ ނަމާދުތަކަށް ރައްކައުތެރިނުވެ ނަރަކައިން ސަލާމަތްވުމަށް އުންމީދުކުރުމެއްވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮންމެ ޙާލެއްގައިވެސް ތިމާކުރަންޖެހޭ ނަމާދުތަކަށް ރައްކައުތެރިނުވެ ނަރަކައިން ސަލާމަތްވުމަށް އުންމީދުކުރުމެއްވެސް ނެތް!

އަހުރެން ބުނަން ބޭނުންވަނީ ގިނަ ބައަކު ނަމާދުނުކުރަނީ ކުރަން ބޭނުންނުވާތީ ނޫން ކަމަށެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ފަރުވާ ކުޑަކުރެވޭތީ ކަމަށެވެ. ބަންގީގެ އަޑު އިވުމުންވެސް ފަހުން ކޮށްލަން ލަސްކޮށްލެވޭތީ ކަމަށެވެ.  

އެފަދަ މީހުން މި2 އާޔަތަށް ވިސްނައިލާށެވެ! 

مَا سَلَكَكُمْ فِي سَقَرَ

"ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟"

قَالُوا لَمْ نَكُ مِنَ الْمُصَلِّينَ

"އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ."

(އަލް މުއްދަޘިރު: 42،43)

ޢުޒުރުތަކާއި ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް ކޮންމެ ޙާލެއްގައިވެސް ތިމާކުރަންޖެހޭ ނަމާދުތަކަށް ރައްކައުތެރިނުވެ ނަރަކައިން ސަލާމަތްވުމަށް އުންމީދުކުރުމެއްވެސް ނެތްކަން މިއޮތީ އެނގޭށެވެ.  

މީސްތަކުންނޭވެ! ނަމާދުތަކަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ފަރުޟް ނަމާދުތަކަށެވެ. ކޮންމެ ނަމާދެއްގެ ވަޤުތުޖެހުމުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ނަމާދުކުރުމަށެވެ. ނަމާދުތަކަށް ރައްކައުތެރިވާ އަޅުންނަށް ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

މި 2 އާޔަތުންވެސް އެނގިގެންދަނީ

ނަމާދުތަކަށް ރައްކައުތެރިވާންޖެހޭ މިންވަރެވެ. ރައްކައުތެރިނުވެވުމަކީ ނަރަކައަށް ވަންނަންޖެހޭނެ ސަބަބެއް ކަމެވެ. ވީމާ ނަމާދަށް ފަރުވާކުޑަކުރަން ހެޔޮނުވާނެ ނޫންހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން