އަހުރެން މިބަސްކޮޅު ކަނބަލުންނަށް ޚާއްޞަމިކުރަނީ ފިރިހެނުންނަށްވެސް މިމައްސަލަ ކުރިމަތިނުވާތީއެއް ނޫނެވެ. ނަމަވެސް އަންހެނުންނަށް ކުރިމަތިވަނީ މާގިނައިންކަމަށްވާތީއެވެ. އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ މީހުންނަށް ބަލާއިރު ކޮންމެ ސަތޭކައަކުން 90 އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ.
އެއީ ބަލީޙާލެއްގައި އުޅެންޖެހިއްޖެނަމަ ފިރިމީހާ ވަކިވާން ބޭނުންވުމުގެ މައްސަލައެވެ. އެއްލާނުލައި ގޭގައި ބެއިންދިނަމަވެސް ވަރަށް ނިކަމެތިކޮށް ކަންކަން ކުރުމުގެ މައްސަލައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
ބުނަންހެއްޔެވެ؟ ދަތި އުނދަގޫ ކޮންމެ ޙާލަތަކީވެސް އިމްތިޙާނެކެވެ. އުފަލުގައި އުޅެވޭއިރު ގިނަ ބައަކު އެކުގައި ތިބޭނެއެވެ. ނަމަވެސް ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ އެކުގައި ހުންނާނީ މަދު މީހެކެވެ. ދަތިޙާލުގައި ހުންނައިރު ތިބާގެ އަތުގައި ހިފައިގެން ހުންނާނީ މަދުމީހެކެވެ.
ބަލިޙާލެއްގައި އުޅެން ޖެހުމުން ވަކިވާން ބޭނުންވާނީ ތިބާދެކެ ލޯބިނުވާތީއެވެ. ތިބާގެ މައްޗަށް ރަޙުމެއް ކުލުނެއް ނެތީމައެވެ. ވީމާ އެންމެ ފައިދާހުރި ގޮތަކީ ބަލިޙާލެއްގައި އުޅެން ޖެހުމުން ވަކިވާން ބޭނުންވާ ބައިވެރިޔާ ދިއަދިނުމެވެ. އެފަދަ ޙާލަތުގައި ތިބާއާއިއެކު ދެމިހުންނާނެ ބައިވެރިއަކު ލިބޭނީ އޭނާ ތިބާއާއި ދުރަށް ދިއުމުންކަމަށްވާތީއެވެ.
- މިއަދުނޫސް
ބަލިވެއުޅެންޖެހުމުގައިވެސް އެވަނީ ހަމަމިގޮތެވެ. ގަދަވެ ސަލާމަތުންހުރެ ބުރަކޮށް މަސައްކަތްކޮށްދޭނަމަ ރުހޭނެއެވެ. ބަލިޙާލެއްގައި އުޅެންޖެހިގެން ނަމަވެސް މަސައްކަތްކޮށް ނުދެވޭނަމަ ކުރާނީ ބާކީއެވެ.