ހިތްހަމަޖެހުން ލިބޭނީ ޖަހައިގަނެވެންއުޅޭ ބައިވެރިޔާ އަވަހަށް ދޫކޮށްލުމުން! ކުރިއެރުން ލިބޭނީ ދެރަވާން ނުހުރެ ދެވަނަ ދިރިއުޅަމަކަށް އަވަހަށް ފަށައިގަތުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހިތްހަމަޖެހުން ލިބޭނީ ޖަހައިގަނެވެންއުޅޭ ބައިވެރިޔާ އަވަހަށް ދޫކޮށްލުމުން! ކުރިއެރުން ލިބޭނީ ދެރަވާން ނުހުރެ ދެވަނަ ދިރިއުޅަމަކަށް އަވަހަށް ފަށައިގަތުމުން!

ތިބާގެ އުފާވެރިކަން އެއްވެސް މީހަކު ޖަހައިގަތަ ނުދޭށެވެ! ބުނެފިނަމަ ވަރަށް ގިނަ ސުވާލުތައް ކުރިމަތިކުރުވާނެއެވެ. ތިއަކަންތައް ވިޔަނުދޭން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކުރާ މީހުން ކުރާނެ ކަމަށްވެސް ބުނާނެއެވެ.  

އެހެން ބުނާ ބުނުމަށްވެސް ޖަވާބުދޭނަމެވެ. ޢާންމުގޮތެއްގައި މިމޭރުމުން ބުނެއުޅެނީ ދެމަފިރިންގެ ދެމެދަށް ވަދެގަނެ ބައިވެރިޔާ ޖަހައިގަތުމަށެވެ. އެޙާލަތުގައި ބައިވެރިޔާ ހުރީ ތިބާ ދޫކޮށްލައި ދުރަށްދާން ކަމުގައިވަނީނަމަ އެކަން ޔަޤީންކުރުމަށްފަހު އަވަހަށް އޭނާ ދުރަށް ފޮނުވައިލާށެވެ!  

އެވަރުންވެސް ނިންމައިނުލާށެވެ! އޭނާ ދުރަށް ފޮނުވައިލެވުނުކަން އެއީ ތިބާއަށް ލިބުނު ހިތްހަމަޖެހުމެއް ކަމުގައި ދެކޭށެވެ! ސަބަބަކީ އެފަދަ ބައިވެރިއަކާއިއެކު ދިރިއުޅެން މަސައްކަތްކުރާނަމަ ލިބޭނެ ހިތްދަތިކަން މާބޮޑުވާނެތީއެވެ.  

ދެންވެސް ބުނަން އޮތީ އެވަރުންވެސް ނިންމައިނުލާށެވެ! ކަރުއެލުވާނުލައި ކަރުތެދުކުރާށެވެ! އެކަންކުރަން ކުރަންޖެހޭނެ ކަމަކީ ރޭގަނޑުގެ ފަހުދަންފަޅީގައި ހިތްވަރުކޮށްލުމެވެ. ނުނިދިގެން އެނދުގައި ގުރޮޅި ފުރޮޅި އޮތުމުގެ ބަދަލުގައި ތެދުވެ ވުޟޫކޮށްލައިގެން ނަމާދުކޮށްލައި ޛިކުރުކޮށް ދުޢާކުރާށެވެ. ތިބާ އެދޭ ގޮތަށްވުރެ މާރަނގަޅަށްވެސް ކަންކަން އިރާދަކުރައްވަވާނެއެވެ. ކުރިން ލިބުނު އުފާވެރިކަމަށްވުރެ މާބޮޑު އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

މީގެ އިތުރުންވެސް އެއްވެސް މީހެއްގެ ސަބަބުން ގެއްލުވާލައިގެން ނުވާނެ 2 ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ:  އެއްވެސް މީހެއްގެ ނުފޫޒުން ތިބާގެ އޯގާތެރިކަމާއި ދީލަތިކަން އެހެން މީހުންނަށް ފޯރުވުން ހުއްޓުވިއަ ނުދިނުމާއި އެއްވެސް މީހަކު ބުނާ ތިބާގެ ހިތުގައި ޖެހޭ ފަދަ ބަސްތަކުން ނުވަތަ ކުރާ އަނިޔާއަކުން ތިބާއަކީ ނިކަމެތި ނުކުޅެދޭ، ފިރުކެން ޖެހޭ މީހަކަށް ނުވުމެވެ. އަދި އެމީހަކަށް މާފު ނުކުރެވޭ ވަރުގެ މީހަކަށްވެސް ނުވާށެވެ.  

ހަމައެއާއިއެކު މިފަދަ އެއްވެސް ކަމަކާއި ގުޅިގެން ކަންބޮޑުވެ ގޮތް ހުސްވާ މީހަކަށް ނުވާށެވެ! ތިބާއަށް ކުރިމަތިވާ ހުރިހާ ކަމެއް 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކޮށްގެން އަބަދުވެސް ހުންނާށެވެ.

 

- މަޢުލޫމާތު: މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން