ހަނދުމަކޮށްދިނުމެއް: ތިއަކަނބަލުން ބުރުގާ އަޅުއްވާފަދައިން ދެންވެސް ނިވާކުރަންޖެހޭ ބައިތައް ނިވާކޮށްލައްވައި ޙިޖާބްގެ ޝަރުޠުތައް ފުރިހަމަކޮށްލައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހަނދުމަކޮށްދިނުމެއް: ތިއަކަނބަލުން ބުރުގާ އަޅުއްވާފަދައިން ދެންވެސް ނިވާކުރަންޖެހޭ ބައިތައް ނިވާކޮށްލައްވައި ޙިޖާބްގެ ޝަރުޠުތައް ފުރިހަމަކޮށްލައްވާށެވެ!

މިއީ ހަނދުމަކޮށްލައިދިނުމެކެވެ. ވަރަށް ފުރިހަމައަށް ފޭރާން ލުމަށް މަސައްކަތްކުރާ ކަނބަލުންނަށްވެސް ފަރުވާކުޑަކުރެވޭތީއެވެ. އެއީ އެނގިފައި ނެތުމުންކަމަށްވެސް ވެދާނެތީއެވެ.  

މިހާރަކަށް އައިސް ބައެއް ކަނބަލުން ޙިޖާބް އެޅުއްވި ނަމަވެސް ފައި ދޫކޮށްލައެވެ. ބައެއް ފަހަރު ހެދުން ކަށިމަތީމެދުގައިވެސް އެބަހުރެއެވެ. މިއީ އިޞްލާޙްކޮށްލަން ޖެހޭ ކަމެކެވެ.  

ޝައިޚް ޢިއްޒުއްދީން ޢަދުނާން ވިދާޅުވީ ލިޔުމުގައި ޢަރަބިބަހުން އެއިން ޕޯސްޓަގައިވެސް ފާހަގަކޮށްފައި އެވަނީ ބައެއް ކަނބަލުން ޝަރުޠު ހަމަނުވާގޮތަށް ޙިޖާބް އަޅާތީ އެކަން އިޞްލާޙްކުރުމުގެ މުހިންމުކަން ކަމަށެވެ.  

އަދި މިއީ އަޅުގަނޑުމެންގެ ތެރޭގައިވެސް ސަމާލުކަންދީގެން އިޞްލާޙްކުރަންޖެހިފައިވާ ކަމެއްކަމަށްވެސް ޝައިޚް ޢިއްޒުއްދީން ވިދާޅުވިއެވެ.  

ކޮންމެ ކަމަކުން ވެސް ފައިދާކުރާނީ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި ކުރުމުންނެވެ. މިފަދަ ކަންކަމުގައި އިހްމާލްވެވެނީ އޮންނަ ގޮތް ރަނގަޅަށް ނުއެނގޭތީ ކަމަށް ބެލެވެއެވެ. ގިނަ ބޭކަނބަލުން ރަނގަޅު ގޮތް އެނގުމުން އިޞްލާޙްކުރައްވައެވެ.  

https://www.facebook.com/muslimajacinth/posts/pfbid02SMU6ZAgJCX7CR8GmgsnnvC5iQ9L6tERBZnf4WHZkvComEq4hMx9w3iUZTG2kG7MFl

 

 

 

މިއަދު އޮންލައިން