ތިމާއާ ގޭގެ އަހުލުވެރިން ބަލިތަކުންނާ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކުރުމަށްޓަކާ ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިމާއާ ގޭގެ އަހުލުވެރިން ބަލިތަކުންނާ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކުރުމަށްޓަކާ ސަމާލުކަންދޭންޖެހޭ ކަމެއް!

ކޮންމެ ކަމަކުންވެސް ރައްކައުތެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ މުސްލިމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއްކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުމެވެ.  

ކޮންމެ މީހަކުވެސް ގެއިން ބޭރަށް ނުކުންނަމުންނާއި ވަންނަމުން، ދުޢާކޮށް ކިޔަން ހުރި ޛިކުރުތައް ކިޔާށެވެ! މީގެ އިތުރުން ހެނދުނާ ހަވީރު ގެ ޛިކުރުތައް ކިޔެވުން ގިނަކުރާށެވެ! ޛިކުރުގައި ހިމެނޭ ދުޢާތަކަކީ ސުންނަތުން ސާބިތުވާ ވަރަށް ރަނގަޅު ދުޢާތަކެވެ. ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބުމާއި އަދި ބަލިތަކަށް ޝިފާ ދެއްވެވުންވެސް ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށާއި އަދި ބަލިތަކުން ސަލާމަތްކަން އެދިގެންވެސް މުސްލިމުންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދި ދުޢާކުރުމެވެ. ގިނަގިނައިން ޛިކުރުކުރުމެވެ.  

ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އެދިގެންވެސް ވުޟޫ އެއިގެ ފުރިހަމަ ގޮތުގައި ކުރަމުން ގެންދާށެވެ! އިނގިލިތައް ވިނަވާލައި ގުނަވންތައް ފުރިހަމައަށް ސާފުކުރާށެވެ! މުސްލިމުން ފެންވަރައި ތާހިރުވުމުގެ އިތުރުން ފަރުޟު ނަމާދުތަކަށް އެކަނިވެސް ދުވާލަކު ފަސް ފަހަރު އަތުގެ އިތުރުން ފައިވެސް ދޮންނަމުއެވެ. ވުޟޫކުރާ ކޮންމެ ފަހަރަކު ދެ ފަހަރަށް ފައިދޮވެ ސާފުކުރަމުއެވެ. (ވުޟޫކުރަން ފަށަމުންނާއި ނިންމަމުން)  

ކާފިރުން މިއަދު އެބުނަނީ މުސްލިމުން ކޮންމެ ދުވަހަކު ފައިދޮންނަ ވަރަށް އެމީހުންގެ މޫނުތައްވެސް ނުދޮވެވޭ ކަމަށެވެ. ވީމާ މުސްލިމުން މުސްލިމުން ގޮތުގައި ތިބުމަކީ ބަލިތަކުން ސަލާމަތްވެ ތިބުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

 

- ޝައިޚް ޢާދަމް ނިޝާންގެ ދަރުސުން

މިއަދު އޮންލައިން