ﷲ ތަޢާލާއަށް އުރެދޭ މީހުންނަށް ދުނިޔޭގަ އުފަލުގަ އުޅުމުގެ ފުރުޞަތު ދެއްވެވި ނަމަވެސް ޤިޔާމަތްދުވަހު އެމީހުންނަށް ކުރިމަތިލާން ޖެހޭނެ ޢަޛާބު މާބޮޑުވެފަ ގަދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ﷲ ތަޢާލާއަށް އުރެދޭ މީހުންނަށް ދުނިޔޭގަ އުފަލުގަ އުޅުމުގެ ފުރުޞަތު ދެއްވެވި ނަމަވެސް ޤިޔާމަތްދުވަހު އެމީހުންނަށް ކުރިމަތިލާން ޖެހޭނެ ޢަޛާބު މާބޮޑުވެފަ ގަދަވާނެ!

ބައެއް މީހުން ވަރަށް ގިނައިން ކުރާ ސުވާލެކެވެ. "މިވެނި މީހަކީ ހާދަހާ ގިނަ ފާފަތަކެއް ކުރާ މީހެކެވެ. ނަމަވެސް އޭނާއަށް އެއްވެސް ޢަޛާބެއް ނުދެއްވަވައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟" 

އެފަދަ ސުވާލުތަކަށް ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަޙީ ބަސްފުޅު ބާވައިލައްވަވައިފައެވެ. ޖަވާބު ދެއްވަވައިފައެވެ.

"އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ." (އިބްރާހީމް 42) 

އެއްވެސް ޙާލެއްގައި އެމީހުން ކުރާ ފާފަތަކަށް ﷲ ތަޢާލާ ޣާފިލުވެވޮދީގެންވަނީއެއް ނޫނެވެ. ކުރާ ހުރިހާ ކަންކަން ވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ނަމަވެސް އެފަދަ މީހުންނަށް ޖަޒާ ދެއްވެވުން "(ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށް" ލަސްކުރައްވަވަނީއެވެ. އެއީ ޤިޔާމަތް ދުވަހެވެ.  

ވީމާ ފާފަކުރާ މީހުންނަށް މިދުނިޔޭގައި ޖަޒާ ނުދެއްވެވުމުން އެއީ އެމީހުންނަށް އެކުރާ ފާފަތަކުން ސަލާމަތްވެވެނީއެއް ނޫނެވެ. އެމީހުންނަށް އެދެއްވަވަނީ 2 ފުރުޞަތެކެވެ. އެއީ ބޭނުން ވަރަކަށް ފާފަތައް ކުރުމުގެ ފުރުޞަތާއި އަވަހަށް ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމުގެ ފުރުޞަތެވެ.  

ވީމާ މިވެނި މީހަކު ފާފަކުރި ނަމަވެސް ޢުޤޫބާތް ނުދެއްވަވާތީ ފާފަކުރަން ޝައުޤުވެރިނުވާށެވެ! އޭނާއަށް ދެއްވަވާނެ ޢުޤޫބާތުގެ ބޮޑުކަން ހިތަށް އަރުވައި ފާފަކުރުމާއި ދުރުހެލިވާށެވެ! ނަރަކައިގެ ޢަޛާބަކީ ގަދަފަދަ ޢަޛާބެއްކަން އަބަދުވެސް ހިތުގައި ބާއްވައި ނަރަކައިން ސަލާމްވުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން