ޝައިޠޯނުންތައް ގޮވައިގެން ގެއަށްވަދެފައި ދެމަފިރިން ދެބަސްވާންޖެހޭތީ ކަންބޮޑުވުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޝައިޠޯނުންތައް ގޮވައިގެން ގެއަށްވަދެފައި ދެމަފިރިން ދެބަސްވާންޖެހޭތީ ކަންބޮޑުވުމަކުން ކުރާނެ ފައިދާއެއް ނެތް!

ދެމަފިރިންގެ މެދުގައި މައްސަލަޖެހޭފަދަ ގެއިން ބޭރުގައިވެސް ހިނގައިފާނެއެވެ. ނަމަވެސް ގިނަ ކަންކަން ކުރިމަތިވާނީ ގޭތެރެއިންނެވެ. ދެމަފިރިން ބައްދަލުވުމުންނެވެ. ދެމަފިރިންގެ މެދުގައި ދެކެވޭ އާދައިގެ ކުޑަކުޑަ ވާހަކައެއް ހޫނުވެ ޒުވާބަކަށްވެ ބޮޑެތި މައްސަލަތައް ޖެހެންވެސް މެދުވެރިވެއެވެ.  

ވީމާ ދެމަފިރިން ރަނގަޅަށް އަޑުއަހާށެވެ. މިފަދަ ކަންކަން މެދުވެރިވަނީ ތިމާއާއިއެކު ގެއަށް ޝައިޠޯނާ ވެއްދޭތީއެވެ. ޝައިޠޯނާ ގެއަށް ވަންނަނީ ގެއަށް ވަންނަމުން ކިޔަންޖެހޭ ޛިކުރުތައް ނުކިޔައި ގެއަށް ވަންނާތީއެވެ. ބިސްމި ﷲ ނުކިޔައި ގޭގެ ދޮރުހުޅުވާތީއެވެ.  

އެކަމަކު މިއަދު ކަންކަން ހިނގަނީ ކިހިނަކުން ހެއްޔެވެ؟ ގެއަށް ވަންނަނީވެސް ފޯނުގައި ހުރެގެންނެވެ. ޛިކުރު ކިޔައިލުމެއް ނެތިއެވެ. އެންމެ ކުޑަމިނުން ބިސްމިﷲ ވެސް ކިޔައިލުމެއް ނެތިއެވެ. ޝައިޠޯނުންތަކަށް ގެއަށް ވަދެވި ގޭގައި ބަނޑަހަޖަހަން ފުރުޞަތު ލިބެނީ އެހެންވެގެންނެވެ.  

އަހުރެން ބުނީތީވެސް ގެއަށް ވަންނަން އޮތްމަގުން ގެއަށްވަދެބަލާށެވެ! ވަދެވުމާއިއެކު ގޭގެ އަހުލުވެރިންނަށް ސަލާމްގޮވައިބަލާށެވެ. އެކަން އާދަކޮށްފިނަމަ އެގެއެއްގައި އޮންނާނީ ދެބަސްވެ ޒުވާބުކުރުމެއް ނޫނެވެ. އަމާންކަމެވެ. އުފާވެރިކަމެވެ. ލޯތްބާއި ކުލުނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން