އަބަދު އުފަލުގަ ހުރެވޭނެ އެކަކުވެސް ނުހުންނާނެކަމާ ހިތާމަތައް ފިލައިގޮސް އުފާވެރިކަން ދެއްވަވާނެކަން ޔަޤީންކުރާ މީހަކު މާޔޫސްވެގެން ޑޮކްޓަރުންގެ ފަރުވާ ހޯދާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަބަދު އުފަލުގަ ހުރެވޭނެ އެކަކުވެސް ނުހުންނާނެކަމާ ހިތާމަތައް ފިލައިގޮސް އުފާވެރިކަން ދެއްވަވާނެކަން ޔަޤީންކުރާ މީހަކު މާޔޫސްވެގެން ޑޮކްޓަރުންގެ ފަރުވާ ހޯދާކަށް ނުޖެހޭނެ!

ކޮންމެ ދުވަހަކުވެސް އިރުއެރުމާއިއެކު ދުނިޔެއަށް އަލިވެއެވެ. މިޙަޤީޤަތް ޤަބޫލުކުރާ ފަދައިން ދިރިއުޅުމުގައި ހިތާމަތައް ކުރިމަތިވާނެކަންވެސް ޤަބޫލުކުރަންވާނެއެވެ. ނިޢްމަތްތައް ލިބޭ ފަދައިން ގެއްލިގެންގެންދާނެކަންވެސް ޤަބޫލުކުރަންވާނެއެވެ. ވީމާ އަތުގައި އޮތް ކޮންމެ އެއްޗެއްވެސް ގެއްލިގެން ހިނގައިދާނެކަން ވެސް ޤަބޫލުކުރަންވާނެއެވެ! ކިތަންމެ ލޯބިވާ އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސްއެވެ. ދަރިން ނަމަވެސްއެވެ.  

ޔަޤީންކުރަންވީ ކަމަކީ ގެއްލިގެންދާ ކޮންމެ ނިޢްމަތެއް ގެއްލިގެން އެދަނީ ފަހުން އޮތް ރަނގަޅަކަށް ކަމެވެ. ބަދަލުގައި ދެއްވަވާނެ ނިޢްމަތް މާބޮޑުވާނެ ކަމެވެ. ދުނިޔޭގައި އަނބުރާ ނުދެއްވެވި ނަމަވެސް އާޚިރަތުގައި ދެއްވަވާނެ ކަމެވެ. އަދި އެއީ އެންމެ ފައިދާ ހުރި ގޮތް ވެސް ކަމެވެ.

މި ޙަޤީޤަތްތައް ޤަބޫލުކުރާ މީހާ ކަންބޮޑުވެ ފިކުރުބޮޑުވެގެން ނަފްސާނީ ޑޮކްޓަރުންނަށް ދައްކައިގެން ބޭސް ހޯދާކަށް ނުޖެހޭނެއެވެ! އޭނާއަށް ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ދާނީ ލިބެމުންނެވެ. އޭނާގެ އީމާންކަމުންނެވެ. ތަޤްވާވެރިކަމުންނެވެ. ވަކީލުކުރުމުންނެވެ.  

އެހެންކަމުން ކުރިމަތިވާ ކޮންމެ ހިތާމައަކީ ލިބުނު ކުރިއެރުމެއް ކަމަށް ދެކޭށެވެ! ލިބުނު ހިތާމަ އިރުކޮޅަކުން ފިލައިގެންދާނެކަން ޔަޤީންކުރާށެވެ! އެއީ "ލައިފްސައިކްލް"ގެ ބައެކެވެ. އުފާވެރިކަން، ހިތްދަތިކަން އަބަދުވެސް ދާނީ ދައުރުކުރަމުންނެވެ. ގަޑީގެ ކަށިފަދައިންނެވެ.  

ހިތާމައަކީ މިކަންކަން ރަނގަޅަށް އެނގޭއިރުވެސް ބަލައިނުގަނެވޭކެމެވެ. ބަލައިނުގަނެވެނީ ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކުޑަވާތީއެވެ. އެކަން ހައްލުކުރުމުން ހުރިހާ ކަންކަންވެސް ދާނީ ޙައްލުކުރެވެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން