ﷲ ތަޢާލާ ދައްކަވާކަންކަން ނުވިސްނެނީ އަދި ހެޔޮ ނަޞީޙަތުގެ އަޑު އިވުނަސް ޤަބޫލުނުކުރެވެނީ ކީއްވެގެންކަން އެނގޭތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ﷲ ތަޢާލާ ދައްކަވާކަންކަން ނުވިސްނެނީ އަދި ހެޔޮ ނަޞީޙަތުގެ އަޑު އިވުނަސް ޤަބޫލުނުކުރެވެނީ ކީއްވެގެންކަން އެނގޭތަ!

ﷲ ތައާލާގެ ކުޅަދުންވަންތަކަމާ ދީލަތިވަންތަކަމުގެ

ހެކިތައް ކިތަންމެ ގިނައިން ފެނުނު ނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކުރާ މީހުން ވަރަށް ގިނައެވެ. ހަމަ އެގޮތަށް ހެޔޮ ނަޞީޙަތުގެ އަޑު އިވުނަސް ޤަބޫލުނުކުރެވޭ މީހުންވެސް ވަރަށް ގިނައެވެ. ދަރުސްތައް އަޑުއެހިނަމަވެސް ޢަމަލުތައް އިޞްލާޙްކުރެވެނީ މަދު މީހަކަށެވެ. 

އެކަންކަން އެގޮތަށް މެދުވެރިވާ ސަބަބަކީ އެމީހުންނަށް ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ހިތް ހަރުވެ ހިލަވެފައިވުމެވެ. ކިތަންމެ ތޫނު ވަޅިއެއް ހަރަން އުޅުނަސް ހިލަގަނޑަކަށް ނުހެރޭނެއެވެ. ހަމަ އެފަދައިން ހިތް ހިލަވުމުން ހަމަ އެ މައްސަލަތައް އެގޮތަށް ކުރިމަތިވާނެއެވެ. ހިތް ހިލަވުމުން އެމީހަކަށް ބަންގީގެ އަޑެއް ނުއިވޭނެއެވެ. ކީރިތި ޤްރްއާނުގެ އަޑެއްވެސް ނުއިވޭނެއެވެ. ދީނީ ދަރުސްތަކުގެ އަޑެއްވެސް ނުއިވޭނެއެވެ. އަޑެއް ނުއިވޭނެ ކަމަށް މިބުނަނީ އެއިން އެއްވެސް ކަމަކުން އެމީހަކަށް އެއްވެސް އަސަރެއް ނުކުރާނެވާހަކައެވެ.  

ޙަޤީޤަތުގައި މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައްކައުތެރި ޙާލަތެވެ. މިޙާލަތަށް ކޮންމެ މީހަކުވެސް ވއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. ކޮންމެ މީހަކުވެސް ބާލިޣްވެ ދުނިޔެތެރެއަށް ނުކުންނައިރު އެމީހެއްގެ ހިތަކީ ޠޯހިރު އެއްޗެކެވެ. ހިތް ނަޖިސްވެ ކުނިވެ އަދި ހިގަނޑަކަށް ބަދަލުބވެގެންދަނީ އެމީހަކު އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުންނެވެ.  

ތިމާއަށް މިހާލު ޖެހެން ބޭނުންނުވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އިސްކަންދޭން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ކުށެއް ނުވަތަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކަށް ހިތާމަކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. އެކަންކަން ނުކޮށް ހުންނަނަމަ ހިތަށް ދާނީ މި ބުނި ފަދައިން ބަދަލުތައް އަންނަމުންނެވެ. ބަދަލުތައް އަންނަވަރަކަށް ހިތް ހިލަވަމުން ގޮސް ކުރިން މިބުނިހިސާބަށް ދާނެއެވެ. އެހިސާބުން ޙާލަތު ބަދަލުކުރުން ގިނަ ފަހަރަށް އޮންނަނީ ފަސޫހަ ކަމކަށް ނުވެފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން