ތަނަވަސްކަން ހުއްޓަސް، ނެތަސް ހިނިތުންވާން އާދަނުކޮށް ކައިވެނިކުރި ނަމަވެސް ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތަނަވަސްކަން ހުއްޓަސް، ނެތަސް ހިނިތުންވާން އާދަނުކޮށް ކައިވެނިކުރި ނަމަވެސް ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުމެއް ނުލިބޭނެ!

ބައެއް މީހުންނަށް ވިސްނެނީ ތަނަވަސްކަން ހުރިނަމަ ބޭނުންވާ ހުރިހާ އުފާވެރިކަމެއް ބައިވރިޔާގެ ކިބައިން ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ބައިވެރިޔާގެ ކިބައިންވެސް ޙަޤީޤީ އުފާވެރިކަން ލިބޭނީ ހިތްހެޔޮކަމާއިއެކު ހިތުންވެވިގެންނެވެ. އެކަން އާދަކޮށްގެންނެވެ.  

ހިނިތުންވުމާއި އަޑުގަދަކޮށް ހުނުމަކީ މުޅިން ތަފާތު ދެކަމެކެވެ. އެހެނީ ހިނިތުންވުމަކީ އޭނާގެ ހިތްހެޔޮކަން ދައްކައިދޭ ކަމެކެވެ. ހެޔޮ ހިތުން މީހަކަށް ހިނިތުންވެއްޖެނަމަ އެކަމުން އަންގައިދެނީ އަނެކާ އާއިމެދުގައި އެމިހާގެ ހިތް ސާފުކަމެވެ.  

އަހުރެމެންގެ ދީނުގައި އޮތީ ހިނިތުންވުމަކީ ޞަދަޤާތެއް ކަމަށެވެ. އެކަމަކު ޞަދަޤާތަކަށްވާނީ ހިތް ސާފުކޮށްގެންހުރެ ހިތްހެޔޮކަމާއިއެކު ހިނިތުންވުމުންނެވެ. މަކަރުވެރިކަމާއިއެކުި ހިތުންވާނަމަ އެކަންވާނީ ކުރެވޭ ފާފައަކަށެވެ! ސަބަބަކީ އެކަމުން އަންގައިދެނީ އެއީ ޙަޤީޤީ ހިނިތުންވުމެއް ނޫންކަމެވެ.  

އެހެންވެ ހަރުބަހެއްގައި ބުނެއުޅެއެވެ. "ހިނިތުންވާން ނުދަންނަ މީހުން ނުވަތަ ހިނިތުންވުމުގެ އާދަ ނެތް މީހުން ކައިވެނި ނުކުރާށެވެ!" އެބަހުގެ މާނައަށް ބަލައިލަމާ ހިނގާށެވެ!  

ފުރަތަމަ ކަމަކީ ކައިވެންޏެވެ. އެމީހާއަކީ ހިނިތުންވުމުގެ އާދަ ނެތް މީހެއް ނަމަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބޭނެ އުފާވެރިކަމެއް ނެތެވެ. އެހިސާބުން ގެއްލިގެން އެދަނީ ކައިވެނީގެ އުފާވެރިކަމުގެ ދެބައިކުޅަ އެއްބައެވެ. ވީމާ ހިނިތުންވުމުގެ އާދަ ނެތްމީހަކަށް އުފާވެރި ދިރިއުޅުމެއް އުޅެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ދެވަނައަށް މިއޮތީ ހިނިތުންވާން ނޭނގޭ ފިހާރައެއް ނުހުޅުވުމެވެ. ސަބަބަކީ އެމީހެއްގެ ކިބައިގައި ހިނިތުންވުން ނެތް މީހެއްގެ ފިހާރައަށް ދާން ކަސްޓަމަރުން ބޭނުން ނުވާނެ ކަމެވެ. އެފަދަ މީހެއްގެ ފިހާރައަށް ދާހިތް ނުވާނެ ކަމެވެ. އަދި ކަސްޓަމަރުންނަށް ހިނިތުން ވެގެން ނޫނީ ތަކެތި ވިއްކުން އުތުރު ނުކުރެވޭނެ ކަމެވެ.  

ވިސްނައިލަންވީ "ތަނަވަސްކަމުން ނުވަތަ ފައިސާއިން މީހުންގެ ހިތުގެ ލޯބި ނުހޯދޭނެ ކަމަށް، ނުވަތަ ހިތްހަމަޖައްސައި ނުދެވޭނެ ކަމަށާއި ނަމަވެސް ހިނިތުންވެގެންނާއި ހެޔޮކޮށް ހިތުމުން މީސްތަކުންގެ ލޯބި ހޯދޭނެ" ކަމަށް އޮންނަ ޙަދީޘް ބަސްފުޅަށެވެ.  

މިކަމުގެ ހެއްކަކީ ކިތަންމެ އަގުބޮޑު ހަދިޔާ ދިން ނަމަވެސް މީސްތަކުންގެ ލޯބި ނުހޯދޭކަމެވެ. މީސްތަކުންގެ ކީއްކުރަން ހެއްޔެވެ؟ ފުރެންދެން ރަނުގެ ގަހަނާ ދިން ނަމަވެސް އަނބިންނާއިމެދު ހަރުކަށިކޮށް ޢަމަލުކުރާނަމަ އަނބިންގެ ލޯބިވެސް ނުހޯދޭ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން