ފިރިމީހާ ގޯސްވުމަކީ ތިއަ ކަނބަލުންގެ ދަރަޖަ އުފުލި މާރަނގަޅު ގޮތް މެދުވެރިވުމަށް ދެއްވަވާ ފުރުޞަތު ނަގައިލާ ސަބަބަކަށް ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފިރިމީހާ ގޯސްވުމަކީ ތިއަ ކަނބަލުންގެ ދަރަޖަ އުފުލި މާރަނގަޅު ގޮތް މެދުވެރިވުމަށް ދެއްވަވާ ފުރުޞަތު ނަގައިލާ ސަބަބަކަށް ނުހަދާށެވެ!

ލޮބުވެތި އަނބިންނޭވެ! ތިބާގެ ސަބަބުން ފިރިމީހާއަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާށެވެ! ފިރިމީހާގެ މަޤާމަށް ޤަދަރުކުރާށެވެ! ފިރިމީހާއަށް އިޙްތިރާމްކުރާށެވެ! ފިރިމީހާއަށްވުރެ މައްޗަށް އަރަން މަސައްކަތްނުކުރާށެވެ! ފިރިމީހާއަށް މަތީ ދަރަޖަ ދެއްވެވީ ﷲ ތަޢާލާއެވެ.  

މިކަންކަން އެކިގޮތްގޮތަށް އަނބުރުވައި ތިއަ ލޮބުވެތިކަނބަލުންގެ ވިސްނުން ބަދަލުކުރުވަން މަސައްކަތްކުރުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާ މަސައްކަތްއެކުރަނީ ތިއަ ލޮބުވެތިކަނބަލުންނަށް އެންމެ ފަސޭހައިން ސުވަރުގެ ޙާޞިލިކުރެވެން އޮތް މަގަށް ހުރަސްއަޅުމަށެވެ. އެމަޅީގައި ނުޖެހޭށެވެ.

ހުރިހާ ފިރިން އެއްގޮތެއް ނުވާނެއެވެ. ޝައިޠޯނާގެ ކަސްތޮޅުގައިވެސް ބައަކު ތިބޭނެއެވެ. ވީމާ ނުބައި ފިރިންވެސް އުޅޭނެއެވެ. އެމީހަކަށް ލިބިފައިވާ ފިރިމީހާގެ ކަންކަން އެނގޭނީ އެމީހަކަށެވެ. އެކުގައި އުޅެވެން ނެތްނަމަވެސް ނުކިޔަމަންތެރިނުވާށެވެ. ﷲ ތަޢާލާގެ އިންތަކުގައި ހިފަހައްޓާށެވެ. ވަކިވުން ނޫންގޮތެއް ނެތިއްޖެނަމަ ރިވެތި ގޮތުގައި ވަކިވުމަކުން މައްސަލައެއް ނެތެވެ.  

ވަކިވުމުގެ ކުރިން ވިސްނާށެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނާނެއެވެ. ވީމާ ހުރިހާ ކަމެއް ފުރިހަމަ ފިރިއަކު ނުލިބޭނެއެވެ. ދެން ލިބޭނެ ފިރިމީހާގެ ކިބައިގައިވެސް އުނިކަންތައްތަކެއް ހުންނާނެއެވެ. ވީމާ ފިރިމީހާއާއި ވަކިވަން ނިންމަންވާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ.

ނިންމާލަމުންވެސް ބުނެލަން އޮތީ ފިރިމީހާގެ ކިބައިން ކޮންމެ ފަދަ ބޮޑުކަމެއް ކުރިމަތިވިނަމަވެސް ތިބާ ފާފައެއް ނުކުރާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ދެމިހުންނާށެވެ! އެކަމުގައި ޘާބިތުވެހުންނާށެވެ! އެއިރުން ތިބާގެ ދަރަޖަ އުފުއްލަވާނެތެވެ. މާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން