ސިއުޒާ
ތިބާގެ ބަނޑު ނުހިނދުމާއި ކާނާ ނުވަތަ ކަސްރަތަކާ އެއްވެސް ގުޅުމެއް ނެތެވެ. ގިނަ ބައަކަށް އެކަން މެދުވެރިވާ ސަބަބަކީ ލިވާގެ މައްސަލައެވެ. މި ބުނެދޭ ބުއިމަކީ ލިވާ އެއްކޮށް ސާފު ކޮށްލަދޭނެ ބުއިމެކެވެ. އިން ޝާ ﷲ
ބޭނުންވާނެ ތަކެތި:
2/1 ލިޓަރު ފެން
1 ސައިސަމުސާ މުގުރި ފޮނިތޮށި
ލޮނުކޮޅެއް
2/1 ލުނބޯލުގެ ހުތް
ތައްޔާރުކުރަން ތެއްޔަކަށް ފެންފޮދު އަޅާލުމަށްފަހު ފޮނިތޮށިކޮޅު އަދި ލޮނު ކޮޅު އެއްކޮށްލާށެވެ. އަދި 10 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. ހިހޫވުމުން ހުތްކޮޅު އެއްކޮށްލާށެވެ. މި ބޭނުން ކުރާނީ ތާފަނާކޮށް ހުއްޓައި، ކޮންމެ ދުވަހެއްގެ ހެނދުނު ހުސް ގޮހޮރާއެވެ.
ފޮނިތޮށްޓަކީ އެތައް ދުވަހެއް ވަންދެން ލިވާގައި ހަރުލާ ތަޣައްޔަރު ވެފައިވާ ބައިތައް އެއްކޮށް ނައްތާލަދޭ އެއްޗެކެވެ. އަދި ލުނބޯލުގެ ސަބަބުން މުޅި ލިވަރ އެއްކޮށް ސާފުކޮށްލައެވެ.
މައުލޫމާތު: ޝިއްޙީ ޚަބަރު