ޢާއިޝަތު ރަފާޙް ޢަލީ
ތިބާއަށް ދިމާވާ ޙަޤީޤަތަކީ ތިބާގެ ޤާބިލިއްޔަތު އިތުރުވަމުންދާކަމެވެ. ސޯޝަލް މީޑިއާގައި އަބަދުވެސް ސްކްރޯލްކުރަމުން ދިޔުމުގެ ސަބަބުން ތިބާގެ ޚިޔާލުތަކާއި، އުފެއްދުންތެރިކަމާއި، އީޖާދީ ޤާބިލިއްޔަތު ކިހާވަރަކަށްތޯ ހަނިވެގެންދަނީ، މިއީ ވިސްނާލަންޖެހޭ ކަމެކެވެ. ކޮންޓެންޓް އުފައްދާ ފަރާތަށްވިޔަސް ނުވަތަ ބަލާ ފަރާތަށްވިޔަސް، ސިކުނޑިއަށް އަރާމުކޮޅެއް ދިނުމަކީ މުހިންމު ކަމެކެވެ.
ދެވަނަ ކަމަކީ، ސޯޝަލް މީޑިއާގައި ދުވާލަކު ދެ ގަޑިއިރަށްވުރެ ގިނައިން ހޭދަކުރުން އެކަށީގެންނުވެއެވެ. މިއީ ދެ ގަޑިއިރު އެއްފަހަރާ ހޭދަކުރާ ވާހަކައެއް ނޫނެވެ. ފައައިދާހުރި ކަންކަމަށާއި އަދި މުނިފޫހިފިލުވުމަށް ހޭދަކުރާ ވަގުތުގެ ވާހަކައެވެ. މުނިފޫހިފިލުވުމުގައި އެއްވެސް މައްސަލައެއް ނެތްނަމަވެސް، މިކަމުގައި ވީހާވެސް ބޮޑަށް ފަރުވާތެރިވުން މުހިންމެވެ.
މިހާރުގެ މައްސަލައަކީ މީސްތަކުން ވަކި ބާވަތެއްގެ ނޭދެވޭ އާދަތަކަށް ދެވިހިފުމެވެ. ޖިންސީ އާދަތަކަކީ އޭގެ ތެރެއިން އެންމެ ނުރައްކާތެރި އާދަތަކެވެ. މިފަދަ އާދަތައް ފޮޓޯއިން ވީޑިއޯއަށް، ކުރު ކްލިޕްތަކަށް އަދި ދެން އުފެއްދުންތެރިކަމަށް ބަދަލުވަމުންދެއެވެ. އެއް ކަމެއް ތަކުރާރުކޮށް ފެނުމުން ފޫހިވެ، ދެން ބޭނުންވަނީ އިތުރަށް ޑްރަމެޓިކް، ބޮޑެތި، އަދި ޢާލަމީ ކަންތައްތަކެވެ.
މިކަމާ ގުޅޭގޮތުން ގިނަގުނަ ދިރާސާތައް ކުރެވިފައިވެއެވެ. އޭގެފަހުން މީހުން ނޭދެވޭ ޙާލަތްތަކަށް ވެއްޓިގެންދެއެވެ. މިސްކިތުގެ މާޙައުލުގައި އަޅުގަނޑުމެން ތިބުމާއެކު، އެފަދަ ކަންކަމުގެ ތަފްޞީލަށް ނުދިޔަނަމަވެސް، ގިނަ ޢާއިލާތައް ރޫޅިގެން ގޮސްފައިވަނީ މިފަދަ ނޭދެވޭ ކަންތައްތައް ބަލަން ފެށުމުގެ ސަބަބުންނެވެ. މަޙްރަމުންކަމުގައި ވާންޖެހޭ ފަރާތްތަކުގެ ވިސްނުން އެކި ދިމަދިމާލަށް ބަދަލުވެ، ނަފްސާނީގޮތުން ބަލިވެގެންދެއެވެ.
އޭގެފަހުން، ޙަޤީޤީ ތަޖުރިބާގެ ބޭނުންވެ، އެފަދަ ތަންތަނަށް ދިޔުމަށް މީސްތަކުން ފަށައެވެ. ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކުގައި ހަމައެކަނި ވާހަކަދައްކާނެކަމަށް ބުނެ، ޚާއްޞަކޮށް އިންޓްރޯވާޓުން، ސީދާ މޫނާ މޫނާ ކުރިމަތިލާން ނުކެރުމުގެ ސަބަބުން، އޮންލައިންކޮށް ގުޅުން ބަދަހިކުރަން މަސައްކަތްކުރެއެވެ.
ސީދާ ކުރިމަތިލުމުގެ ބަދަލުގައި، އޮންލައިންކޮށް ދެމެދުގައި ވާހަކަދެކެވެމުންދެއެވެ. ޙަޤީޤީ ފޮޓޯތަކުގައި މައްސަލައެއް ނެތްނަމަވެސް،ހާމަކަން ބޮޑު ތަސްވީރުތަކާއި ކްލިޕްތައް ބަދަލުކުރުމުގައި ޒުވާން ޓީންއޭޖަރުންނާއި ދޮށީ އުމުރުގެ މީހުންވެސް ދަނީ އިތުރަށް ކުރިއަށެވެ.
80 ގެ އަހަރުތަކުގައި، 90 ގެ އަހަރުތަކުގައި، އަޅުގަނޑު ގްރޭޑް ޑް 7، 8، 9 ގައި އުޅުނުއިރު، އަޅުގަނޑުމެންގެ ސްކޫލުގައި މުސްލިމް އަންހެން ދަރިވަރަކު ހުރެއްޖެނަމަ، ހިޖާބު އަޅާ ނުވަތަ ނާޅާ، އެއީ މުސްލިމެއްގެ ގޮތުގައި ޙުރުމަތްތެރިކޮށް ހިތޭ ފަރާތެކެވެ. އެއްވެސް މީހަކު އެފަދަ ދަރިވަރަކަށް އަތްލުމަށް ނުވަތަ ފުރައްސާރަކުރުމަށް ކުރިމަތިނުލާނެއެވެ. އެފަދަ ކަމެއް ހިނގައިފިނަމަ، ގިނަ މުސްލިމް ފިރިހެނުން އެކަން ހުއްޓުވުމަށް ކުރިމަތިލާނެއެވެ.
އެއީ އެންމެ އަގުހުރި ގޮތްކަމުގައި ވީނަމަވެސް، މިހާރު، ﷲ އަށް ހުވާކޮށްފައި ބުނަން، އަޅުގަނޑުމެންނަށް ވެފައިވަނީ ކޮންކަމެއްތޯ؟ އޮންލައިންކޮށް އަނިޔާކުރުމާއި ޖިންސީ އަނިޔާކުރުން އާންމުވެފައިވެއެވެ.
"ފޮޓޯއެއް ފޮނުވާ. އިތުރަށް ކުރިއަށް ދާންވީ" ފަދަ ބަސްތައް ބޭނުންކޮށް، މިފަދަ ކަންކަން އެމީހުންގެ ރައްޓެހިންނާ ޙިއްޞާކުރެވެމުންދެއެވެ، ޚާއްޞަކޮށް ފިރިހެން ދަރިވަރުންގެ މެދުގައެވެ.
މިއީ ޝައިޠާނާ މީސްތަކުންގެ ގާތަށް އަންނަ ގޮތެވެ. މިކަން ފެށިގެން އައީ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުންނެވެ. މިސްކިތުގެ މާޙައުލުގައި ތިބެ، ކުޑަކުދިން ވެސް މިތާ ތިބުމާއެކު، މިކަމާ ބެހޭގޮތުން އިތުރަށް ވާހަކަދައްކާކަށް ނޭދެމެވެ.
އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދައްކަނީ ކޮންކަމަކާ ބެހޭގޮތުންކަން. ސޯޝަލް މީޑިއާގައި އެތައް ރަނގަޅު ކަންތައްތަކެއް ހުރިއިރު، ކޮންމެ މީހަކުވެސް ވިސްނަންޖެހޭނީ މި ވަސީލަތްތައް ބޭނުންކުރާނީ ކިހިނެއްކަމާއި، އޭގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވާނީ ކިހިނެއްކަމާ މެދުގައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
- މިއަދުނޫސް