ޙަޤީޤީ ވާހަކަ: ޖިންނިމޮޔަވި މީހަކު ރަނގަޅުކުރަން ކިޔަވަންއިންދާ ބޮޑު ގެއްލުމެއް ލިބުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޙަޤީޤީ ވާހަކަ: ޖިންނިމޮޔަވި މީހަކު ރަނގަޅުކުރަން ކިޔަވަންއިންދާ ބޮޑު ގެއްލުމެއް ލިބުނު މީހެއްގެ ވާހަކަ-

މިހާރަކަށް އައިސް ޖިންނިޝައިޠޯނުންނަށް ރައްކައުތެރިވެގެން އުޅެން ބުނެފިނަމަވެސް ގިނައީ ހަޖޫޖަހާ މީހުންނެވެ. އެމީހުން ބުނަނީ އަޅުގަނޑު ސައިކޯވެފަ ހުންނަނީ ކަމަށެވެ. އެހެންވެ އަޅުގަނޑޫ ބޭނުންވަނީ ޖިންނިންނަށް ސަމާލުކަންދޭންޖެހޭކަން ޔަޤީންކުރެވޭނެ ޙަޤީޤީ ޙާދިސާއެއްގެ ވާހަކަކޮޅެކެވެ. 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ލޮލަށް ނުފެނަން ކަންކަން ޤަބޫލުނުކުރާ މީހުން އަބަދުވެސް އުޅެއެވެ، މިހާރުވެސް އުޅޭނެއެވެ. ތިރީގައިވާ ދެ ޙާދިސާއަކީ މިއަދުނޫހަށް ޔަޤީންކުރެވޭ ދެޙާދިސާއެކެވެ. ވީމާ އެހީތެރިކަމެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ޖިންނި މޮޔަވުމާއިމެދު ތަފާތު ގޮތްގޮތަށް ވިސްނައި ޤަބޫލުކުރާ މީހުން އުޅެއެވެ. އެއީ ޖިންނީގެ ސަބަބުން މެދުވެރިވާ ކަމެއް ނޫންކަމަށާއި އެއީ ބައްޔެއްކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ.  

އެޒަމާނުގައި މުވާސަލާތީ ވަސީލަތްތައް ނުހުންނާތީ މާލެދާ ދޯނި ފަހަރަށް މާލެދެވުނުކަން އެނގޭނީ ރެޑިއޯއިން ގޮވުމުންނެވެ. ފުރުމުންވެސް ގޮވާނެއެވެ. އެކަމަށް ޚާއްޞަ ޕްރޮގްރާމެއް ކޮންމެ ރެއަކު ރޭޑިއޯ މޯލްޑިވްސްއިން ފޮނުވާނެއެވެ. ދަތުރުގައި ހޭދަކުރަންޖެހޭ ދުވަސްތަކުގައި މަޢުލޫމާތު ހޯދޭނެ ގޮތެއް ނޯވެއެވެ.  

އެއީ އަޅުގަނޑު ވަރަށް ކުޑައިރެވެ. 7 ނުވަތަ 8 އަހަރުގައެވެ. ބައްޕަ މާލެ ދުރުވި ދޯނި މާލެއިން ފުރިވާހަކަ ރެޑިއޯއިން ގޮވިއެވެ. ދަތުރު ލަސްވެ ރަށަށް ނާދެވި ލަސްވެގެން ކަންބޮޑުވުމުގައި ތިއްބައި އަވަށްޓެރިއަކު ޖިންނި މޮޔަވިއެވެ. އެޙާލުގައި އޭނާ މަތަނުކުރެވިގެން ގިނަބައަކު އެކަމުގައި އުޅެނިކޮށް މަންމަ މީހަކު ފޮނުވައި އޭނާ އާއި ސުވާލުކުރިއެވެ.  

"މިރަށުން މާލެ ދިއަ ދޯނި މިހާރު ކޮބައިހެއްޔެވެ؟" ސުވާލުކުރާއިރަށް އޭނާ ބުނީ މިހާރު އަތޮޅުވަދެ މާވަށާ ހަމައިގައި ކަމަށާއި ދޯނީގެ ހިޔާމަތީގައި ވަލެއްގައި ހިފަހައްޓައިގެން ތިއަ ސުވާލުކުރުވި މީހާގެ ފިރިމީހާ ބައްޕަ އެބަހުންނެވި ކަމަށެވެ.  

ސުވާލުގެ ފަހުބައަކީ އޭނާއާއި ސުވާލުކުރި ކަމެއްވެސް ނޫނެވެ؟ އެހެން މިދަންނަވަނީ މަންމަ ސުވާލުކުރުވީ ދޯނި ކޮބައިތޯއެވެ؟ ބައްޕަ ކޮބައިތޯއެއް ނޫނެވެ.  

ކޮންމެއަކަސް އެދުވަހު ހަވީރު ދޯނި ރަށަށް ވަނެވެ. ބައްޕަ ގެއަށް ދުރުވުމުން އެވާހަކަ ނަންގަތީމާ އެވަޤުތު އޮޅުންފިލުއްވާފައި ބުނުއްވީ އެއީ ތެދެއް ކަމަށެވެ. އެހައިރު ހިޔާމަތީގައި ބައްޕަ ހުންނެވިކަމަށެވެ.  

ހަމަޤައިމުވެސް ބައްޔެއްވެގެން އުޅޭ މީހަކަށް މިބާވަތުގެ ކަންކަމެއް ނުއެނގޭނެއެވެ. ނަމަވެސް ޖިންނި އެވަނީ ޖަވާބު އޮޅުންފިލުވައިދީފައެވެ. އަދި ސުވާލުކުރުވީ މަންމަކަން އެނގޭތީ މަންމަ ބޭނުންވާނެ ޖަވާބުވެސް އެވަނީ ބުނެފައެވެ.  

މިއީ ރަށުގެ އެންމެން އެތައް ދުވަހެއް ވަންދެން ދައްކައި އުޅުނު ވާހަކައެކެވެ. އެހެންވެ އަޅުގަނޑުގެ ހަނދާނުގައި ވަރަށް ރަނގަޅަށް ހަރުލާފައި ހުންނަ ކަމެކެވެ. މިފަދަ ކަންކަމަކީ ތަކުރާރުކޮށް ހިނގާ ކަންކަމެވެ. މިހާރުވެސް ހިނގަމުންދާ ކަންކަމެވެ.  

ޖިންނި މޮޔަވާ މީހުންގެ ކައިރީގައި ޤުރްއާން ކިޔަވައެވެ. ކިޔެވެލީގައި އިސްކޮށް އިންނަ މީހާ ބުނާތަންތަން އެހެން މީހުން ކިޔަވަނީއެވެ. ކިޔަވަން ފެށުމުގެ ކުރިން ރައްކައުތެރިކަމުގެ ފިޔަވަޅުތައްވެސް އިސް މީހާ އަޅައެވެ.  

އެގޮތަށް ކިޔެވުމުން ޖިންނި އައުދެއެވެ. އައުމުން އިސްމީހާ ޖިންނި އަންދާލައެވެ. ރައްކައުތެރިކަމުގެ ފިޔަވަޅު ރަނގަޅަށް ނުއެޅި ކިޔެވި ދުވަހަކު ޖިންނި ގެނެސް އަންދާލިވަޤުތު އަނދަމުން ދިން ޙަމަލާއެއްގައި އިސްމީހާގެ އެއްލޯ ޖަހައިގަތެވެ. އޭނާއަށް ދެން އުޅެންޖެހުނީ އެއްލޯ ނެތިއެވެ. ހަނދާންވާގޮތުން އޭނާގެ ނަމަކީ ޔޫސުފް އެވެ.

މިފަދަ ކަންކަމާއިހުރެ ކިޔަވަންދާންވެސް ގިނަބައަކު ޖެހިލުންވެއެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން