މާމަގެ ހާރު ވިއްކާލައިގެން އިމްތިޙާނަށް ފީދައްކައިދިނީމާވެސް ބޭވަފާތެރިވާތަން ފެނި ރޮވުނު ވަޤުތު ދުވަހަކު ނުވެސްދެކޭ މިލިއަނަރަކު އޭނާގެ އަތުގަ ހިފި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
މާމަގެ ހާރު ވިއްކާލައިގެން އިމްތިޙާނަށް ފީދައްކައިދިނީމާވެސް ބޭވަފާތެރިވާތަން ފެނި ރޮވުނު ވަޤުތު ދުވަހަކު ނުވެސްދެކޭ މިލިއަނަރަކު އޭނާގެ އަތުގަ ހިފި ޙާދިސާއެއްގެ ވާހަކަ-

އެއީ ދެލޯބިވެރިންނެވެ. ފިރިހެންކުއްޖާ ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. އަންހެންކުއްޖާއަކީވެސް ތަނަވަސްކުއްޖެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް ހުރީތީ ފިރިހެން ކުއްޖާއަށް އައީ އެހީތެރިވަމުންނެވެ. ފިރިހެން ކުއްޖާގެ އިމްތިހާނަށް ފީދައްކައިދިނީ މާމަ އޭނާއަށްދީފައި އޮތް ހާރުވިއްކާލައިގެންނެވެ.  

އިމްތިޙާނުން ފާސްވެ ވަޒީފާއެއް ލިބުނުތާ ކުޑަދުވަސްކޮޅެއް ފަހެވެ. އަންހެންކުއްޖާ އޭނާގެ ބައެއް އެކުވެރިންނާއިއެކު ރެސްޓޯރަންޓަކަށް ދިއަރެއެކެވެ. އެއިރު ކައިވެނިކުރެވެން ގާތްވަމުން އަންނާތީ އެކުވެރިންނާއި ބައެއް ކަންކަން ޙިއްބާކޮށްލުމުގެވެސް ބޭނުމުގައެވެ.  

ކާންތިއްބާ އަންހެންކުއްޖާއަށް ފެންނަނީ ލޯބިވެރިޔާ އަންހެނަކާއިއެކު ވަދެގެން އަންނަތަނެވެ. ބައްދާލައިގެން ތިބެއެވެ. ވަރުގަަދ ދެލޯބިވެރިން ފަދައިންނެވެ. މަންޒަރުފެނުމާއިއެކު އަންހެންކުއްޖާއަށް ރޮވުނެވެ. ފުންމައިގެން ތެދުވެވުނެވެ. ދެމީހުންގެ ކުރިމައްޗަށް އަރަން ބާރަށް ހިނގައިގަތެވެ. 

ދެމީހުން ދާދި ގާތްވެފައިވަނިކޮށް އަންހެންކުއްޖާއަށް ފެންނަނީ ހުއްޓިލައިގެންހުރި ޒުވާނެކެވެ. އޭނާގެގާތަށް ޖެހިލުމަށްފަހު އެދުނީ 10 ސިކުންތައް ވަރަށް ލޯބިން އޭނާގެ ގައިގައި ބައްދާލައިދިނުމަށެވެ. އޭނާ އަވަސްއަވަހަށް އެކަންކުރިއެވެ. އެވަޤުތު އެދެމީހުން ކައިރިންލާފައި ދިއައީ ކަޅިއަޅަމުންނެވެ.  

ޒުވާނާ އޭނާގެ ގައިން ދޫކޮށްނުލައި އިރުކޮޅަކު ހުރުމަށްފަހު ބުނީ "ދޫކޮށްމިލަނީ ދޫކޮށްލަން ބޭނުންވެގެނެއް ނޫނެވެ. މިވީކަމެއް ނިކަން ބުނެބަލާށެވެ! އަހުރެންނަކީ ކާކުކަން ތިބާއަށް އެނގެނީ ހެއްޔެވެ؟ ކޮންމެ ގޮތަކުން ދިމާވި އިއްތިފާޤެއް ނަމަވެސް ވަރަށް ތަފާތު އިޙްޞާޞްތަކެއް ކުރެވިއްޖެއެވެ. އިތުރަށް ވާހަކަދައްކަން ބޭނުމެވެ." އަންހެން ކުއްޖާ ބުނީ "މޭޒެއްގައި އިށީންނަމާ ހިނގާށެވެ. އަހުރެންގެ އެކުވެރިންނާއި އެއްމޭޒެއްގައިވެސް އިށީނދެވިދާނެއެވެ. ވަކިމޭޒެއްގައިވެސް އިށީނދެވިދާނެއެވެ."  

ޒުވާނާ އިޚްތިޔާރުކުރީ ވަކިމޭޒެއްގައި އިށީނުމަށެވެ. އެހެންވެ އެކުވެރިންގެ ހުއްދައާއިއެކު ވަކި މޭޒެއްގައި އިށީނދެފައި ޒުވާނާ ސުވާލުކުރުމުން އެކަން މެދުވެރިވި ގޮތް ކިޔައިދިނެވެ. އެއީ އެވަޤުތު ކުއްލިއަކަށް ކުރެވުނު ޚިޔާލެއްކަމަށާއި ކާކުކަން ނުވެސް އެނގޭ ޒުވާނެއްގެ ކިބައިން އެކަމަށް އެދެވުނީތީ މާފަށް އެދޭކަމަށްވެސް ބުންޏެވެ. ޒުވާނާ ބުނީ ދުނިޔޭގައި މަދުކަމެއް ނޫނީ އެމީހަކު އުންމީދުކުރާ ގޮތަށް ޙާޞިލު ނުކުރެވޭނެކަމަށެވެ. ތިމާ އެންމެ ބޮޑަށް ލޯބިވާ މީހާއާއި ކައިވެނި ކުރެވޭނީވެސް މަދުމީހަކަށް ކަމަށެވެ. އަދި ލޯބިވެރިޔާ ގެއްލުމުން ލިބޭ ލޯބިވެރިޔާގެ ކިބައިން މާބޮޑަށް ފައިދާވެސް ކުރާ ކަމަށެވެ.  

އެހިސާބުން ޒުވާނާ ކިޔައިދިނެވެ. "އަހުރެންނަކީ މަލްޓި އިންޓަނޭޝަލް ކޮމްޕެނީގެ އޯނަރެވެ. މިރެސްޓޯރަންޓާއި އަހުރެންގެ ޙަޔާތާއިވެސް ގުޅުމެއް ވެއެވެ. މިތަނަށް މިރޭ މިއައީ މީގެ 1 އަހަރުކުރިން އަހުރެންގެ ލޯބިވެރިޔާ އަހުރެންނަށް ހަމަ މިރެސްޓޯރަންޓުގައި ބޭވަފާތެރިވިތަން ފެނުމުން ދެމީހުން ވަކިވި ހާދިސާގެ އަހަރީ ދުވަސްފާހަގަކުރާށެވެ! މާދަމާ އަހުރެންގެ އޮފީހަށް އަންނާށެވެ. ރަނގަޅު ވަޒިފާއެއް ދޭނަމެވެ."  

އަނެއްދުވަހު އޮފީހަށް ގޮސް ބައްދަލުކުރުމުން ޒުވާނާ ބޭނުންވީ ފުރަތަމަ އޭނާއާއިއެކު ތަނަކަށް ގޮސްލުމަށެވެ. އަދި އެއީ ހޮޓަލަކަށް ނޫންކަމަށާއި ބިރުގަންނަންޖެހޭނެ އެއްވެސް ކަމެއް ނުހިނގާނެ ކަމަށްވެސް ބުންޏެވެ. އަންހެންކުއްޖާ އެކަމަށް އެއްބަސްވުމުން ފޯނުކޮށްފައި މުވައްޒިފެއްގެ ގާތުގައި އަންނަންބުނުމުން އައީ އަންހެންކއްޖާގެ ދޮށީ ބޭބެއެވެ. ބޭބޭބެއަށް ކޮއްކޮ ފެނުމުން ދިއައީ ސިއްސައިގެންނެވެ. ވަޒީފާއެއް ލިބުނީތޯ ސުވާލުކުރުމުން ޒުވާނާ ބުނީ ވަޒިފާއެއް ދޭންބޭނުންވެގެން އުޅެނީ ކަމަށެވެ. އެހެންވެ ދެބައިން ގޮވައިގެން އެއިގެ ކުރިން ތަނަކަށް ގޮސްލަން ބޭނުންވާ ކަމަށެވެ.

ޒުވާނާ ކާރުދުއްވަމުން ގޮސް ޢިމާރާތަކަށް މަޑުކޮށްފައި ލިފްޓަކުން އަރައިގެން ދިއައީ މީހުންގެ ކައިވެނިކޮށްދޭ ތަނަކަށެވެ. އެތަނުގެ އިސްމީހާއާއި ބައްދަލުކޮށްފައި ބުންޏެވެ. "ކުއްލިއަކަށް ކަމަކު އައުމުން ކިޔާނެ އަގެއް ކިޔާށެވެ. އަހުރެން ކައިވެނިކުރަން ބޭނުންވާ އަންހެންކުއްޖާ މިއިނީއެވެ. ވަލީވެރިޔާ މިއިނީއެވެ. އަންހެންކުއްޖާ ރުހޭނަމަ، ވަލީވެރިޔާ ވަލީދޭންހުރިނަމަ ހަމަ މިވަޤުތު މިކައިވެނިކޮށްދޭށެވެ. ހެކިވެރިން ތިކޮޅުން ހަމަޖައްސާށެވެ. 

އެހެން ބުނުމުން ދެބެއިން އެކަކު އަނެކެއްގެ މޫނަށް ބަލަންތިއްބައި ކުރަންހުރި ސުވާލުތައްކޮށް ކައިވެނިކޮށްދީ ނިންމާލައިފިއެވެ. އަނބިމީހާ ފިރިމީހާގެ މޫނަށް ބަލައިލީވެސް ފިރިބަލައިގަންނަން ބުނީމައެވެ.  

އެރޭ ނިދަން ތިބެގެން އަނބިމީހާ ބުންޏެވެ. "އަހުރެންނަށް ބޭވަފާތެރިވި މީހާއަށްޓަކައި ހެޔޮދުޢާކުރަމެވެ. އެއީ މިކައިވެނި މިކުރެވުނީ އޭނާ ބޭވަފާތެރިވުމުން ކަމަސްވާތީއެވެ." ފިރިމީހާވެސް ބުނީ ހަމަ އެގޮތަށެވެ. އޭނާއަށް ބޭވަފާތެރިވީތީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ޝުކުރުއަދާކުރާކަމަށެވެ. 

މިހާރު އެދެމީހުންގެ ކައިވެންޏަށް 12 އަހަރުވީއެވެ. އުޅެނީ ނުހަނު ލޯބިންނެވެ. ނުހަނު ތަނަވަސްކަމުގައެވެ. ވީމާ ވިސްނައިލާށެވެ! ލޯބިވެރިޔާވިޔަސް ބައިވެރިޔާ ވިޔަސް ބޭވަފާތެރިވުމުން ހިތާމަނުކުރާށެވެ! އަނެކާ ދިން ދެރައަށް ނުވެސް ވިސްނާށެވެ. ރަނގަޅު ގޮތުގައި ހުރި ކޮންމެ މީހަކަށްވެސް އެކަންވާނީ ބޮޑު ރަޙްމަތަކަށެވެ.  

- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން