ސިއުޒާ
ޕެރެސައިޓްސް ނައްތާލައި ލޫޅާފަތި ހަށިގަނޑެއް ބޭނުން ނަމަ މި ބުއިން ތައްޔާރު ކޮށްލަމާ ހިނގާށެވެ!
ލުނބޯ އާއި ކަރަންފޫ ސައި-
ބޭނުންވާނެ ތަކެތި:
ކަރަންފޫ
1 ލުނބޯ ( ފޮތިފޮތި ކޮށްލާފަ)
ފޮނިތޮށިކޮޅެއް
ތާޒާ އިނގުރު ކޮޅެއް
ރީނދޫ
ފެން
ތެއްޔަކަށް ފެން އެޅުމަށް ފަހު މި ހުރިހާ އެއްޗެއް އަޅާލާށެވެ. އަދި ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު މަޑު ގިނީގައި 10 ވަރަކަށް މިނިޓް ކައްކާލުމަށްފަހު ފުރާނާލާށެވެ.
މި ތައްޔާރު ކޮށްލެވުނު ސަޔަކީ ބަނޑުގައި ހުންނަ ފަނިތައް ނެތިކޮށްލަދޭ އެއްޗެކެވެ. އަދި ހަމަ ވަގުތުން ވައި ބޭރުވުން މަދުކޮށްލަދެއެވެ. އަދި ސިސްޓިކް އެކްނީ ނައްތާލަދިނުމާއިއެކު އާދަޔާއި ޚިލާފަށް ހަކަތަ އިތުރު ކޮށްދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
- މިއަދުނޫސް