ތިމާ ދެކެ ލޯބިވާ ތަނަވަސް މީހަކު ލިބި އޭނާގެ ކިބައިން ހުރިހާ ބޭނުންތަކެއް ފުދޭއިރުވެސް ހިތްނުފުރޭ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ތިމާ ދެކެ ލޯބިވާ ތަނަވަސް މީހަކު ލިބި އޭނާގެ ކިބައިން ހުރިހާ ބޭނުންތަކެއް ފުދޭއިރުވެސް ހިތްނުފުރޭ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

ކޮންމެ މީހަކުވެސް ތަނަވަސްކަން ބޭނުންވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ހިތް ނުފުރޭކަމެވެ. ކިތަންމެ ވަރަކަށް ލިބުނަސް އިތުރަށް ބޭނުންވެވޭ ކަމެވެ. ތަނަވަސްކަމުގެ ދަހިވެތިކަމުގަ ބައިވެރިޔާގެ ފުރާނަ ދުއްވާލަންވެސް ޖެހިލުންނުވާ ކަމެވެ. އެފަދަ މީހުންނަށް މިޙާދިސާ ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ  

ޙަމީދާ އާއި އަލީ އަކީ ދެ ޒުވާނުންނެވެ ދެލޯބިވެރިންނެވެ. ޙަމީދާގެ ހުރިހާވެސް ބޭނުނަމަކީ ކިޔަވައިގެން މޮޅު ޑޮކްޓަރަކަށްވުމެވެ. ޢަލީގެ ބޭނުމަކީ ކޮންމެ ގޮތަކުން ނަމަވެސް ފައިސާވެރިއަކަށްވުމެވެ. ޢަލީ ދެކޭ ގޮތުގައި ޙަމީދާ އާއިއެކު އުޅުމަކީ ދުވަސްތަކެއް ބޭކާރުކޮށްލުމެވެ. އެހެންވެ ޙަމީދާ އާއި ވަކިވެ ތަނަވަސް މުސްކުޅި އަންހެނުންގެ ފަހަތުން ދުވަންފެށިއެވެ.  

އެހެން އުޅޭތާ 10 ވަރަކަށް އަހަރުފަހުން ބައްދަލުވި މުސްކުޅި އަންހެނަކު ހައްދާލައިގެން އޭނާ އާއިއެކު އުޅެން ފެށިއެވެ. އޭނާއަކީ ސީރިޔަސް ހާޓްޕޭޝަންޓެއްކަން އެނގުމުން އަވަހަށް ކައިވެނިވެސްކުރިއެވެ. ކައިވެނިކުރިތަނާ އަނބިމީހާއަށް މައިނަރ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.  

އެދުވަހަކީ ޢަލީ އެންމެ އުފާވި ދުވަހެވެ. އަނބިމީހާ ބެލި ޑޮކްޓަރަށް ބޮޑު އަދަދަކުން ރިޝްވަތުހުށަހެޅިއެވެ. ކޮންކަމަކަށް ކަމަށް ހެއްޔެވެ؟ އަނބިމީހާ ގަދަވާނެ ފަރުވާއެއް ނުދިނުން އެދިއެވެ. ޑޮކްޓަރު "ވިސްނާލާނަން" ކަމަށް ބުނެފައި ގޮސް އެވާހަކަ އޭނާގެ ލޯބިވެރިޔާ ގާތުގައި ބުންޏެވެ. ޑޮކްޓަރުގެ ލޯބިވެރިއަކީ ޢަލީގެ ފުރަތަމަ ލޯބިވެރިޔާ ޙަމީދާއެވެ. ޙަމީދާއަކީ އެއިރު އެޑިޕާޓްމަންޓް ޙަވާލުވެގެންހުރި އިސް ޑޮކްޓަރެވެ.

ޙަމީދާ އެދުނީ ރިޝަވަތަށްދޭ ފައިސާގައި ހިފުމަށެވެ. އަދި އެމަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާއަށް ރަނގަޅަށް އަރާނެ ގޮތަށް ފައިސާގައި ހިފުމަށްވެސް އެދުނެވެ. ޙަމީދާ އިނީ ޓީވީން މަންޒަރުބަލާށެވެ. ރިޝްވަތު މިދެނީ އެނާގެ ފުރަތަމަ ލޯބިވެރިޔާ، ޢަލީކަން އެނގުމުން ޙަމީދާ ދިއައީ ސިއްސައިގެންނެވެ.  

ކަންހިނގައި ނިމުމުން ފުލުހުންނަށް ގުޅައިގެން ގެނުވައި ވީޑިއޯ ދައްކައި އަދި ދިން ފައިސާވެސް ފުލުހުންނާއި ޙަވާލުކުރުމުން ފުލުހުން ވަގުތުން ޢަލީ ހައްޔަރުކޮށްގެން ގެންދިއައެވެ. ޢަލީ ހައްޔަރުކުރީ އޭނާގެ އަނބިމީހާގެ ގާތުގައި އިންދައެވެ. ހައްޔަރުކުރުމުގެ ކުރިން އެއަނހެންމިހާއަށްވަނީ އިތުރު ޝޮކެއް އެކަމުން ނުލިބޭނެ ގޮތަށް ބޭސްދީފައެވެ.  

ފުލުހުން ޢަލީ ގޮވައިގެން ދިއުމުން ކަންކަން ހިނގައިދިއަގޮތް އެއަންހެންމީހާއަށް ޙަމީދާ ކިޔައިދިނެވެ. އެހިސާބުން އޭނާގެ ދަރިއަކަށް ޙަމީދާހެދިއެވެ. ގަދަވެ، ހޮސްޕިޓަލުން ނުކުމެ ގެއަށް ދެވުމާއިއެކު ޙަމީދާ ގެއަށް ގެންގޮސް އޭނާގެ ތަނަވަސްކަން ޙަމީދާއަށް ހިބަކޮށްދިނެވެ. އަދި ޙަމީދާ ލޯބިވާ މީހަކާ ކައިވެނިކޮށްގެން ދެމީހުން އެގޭގައި ދިރިއުޅެންވެސް އެދުނެވެ.  

ޙަމީދާގެ އިޚްލާޞްތެރިކަމުގެ ބަދަލަކަށް ތަނަވަސްކަން ލިބުނީއެވެ. އެއަންހެން މީހާއަށް އޭނާ ބަލަހައްޓައިދޭނެ 2 ޑޮކްޓަރުން ލިބުނީއެވެ. އިންތިހާއަށް ފައިސާއަށް ދަހިވެތިވި ޢަލީއަށް ވެސް އޭނާއަށް ޙައްޤު ތަން ލިބުނީއެވެ. އެއީ މީހަކު މަރަން ރިޝްވަތުދިންކަމުގެ ކުށުގައި ޖަލުގެ ކުޑަގޮޅއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ހިތަށްކުރި އަސަރުބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ހަމަ ބޭނުންވީއެވެ. ފައިސާ އާއި ގެދޮރުގެ ދަހިވެތިކަމުގައި މުސްކުޅިންގެ ފަހަތުން ދުވާ މީހުންނާއި އެމީހުންގެ މަޅީގައި ޖެހެމުންދާ މީހުންނަށް މިވާހަކައިން ކޮންމެވެސް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ. އެފަދަ މީހުން މިރާއްޖޭގައިވެސް ހަމަ ވަރަށް ގިނަވެއްޖެއެވެ.  

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާވެސް ނިމިދިއައީ ހަމަ ޢަލީ ފަދަ ފިރިއެއްގެ ސަބަބުންނެވެ. މެއަށް އުނދަގޫވާންފެށުމުން ހޮސްޕިޓަލަށް ގެންދިއުން ޤަޞްދުގައި ލަސްކުރީއެވެ. ވީމާ މިއީ ހަމަ މިރާއްޖޭގައިވެސް ހަމަ ހިނގަމުންދާ ކަންކަމެވެ. އޮތީ ޢިބްރަތް ޙާޞިލްކުރުމެވެ.

 

- ފާއިޤާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން