ފިރިމީހާ ދުނިޔޭގަވެސް ނެތި، ކުރިން ނުވެސް އެނގޭ ދޮންދަރިއެއްގެ ފުރާނަ ސަލާމަތްކުރަން އަތްހުސްކޮށް ޚަރަދުކުރުމުގެ އިތުރަށް ކިޑްނީވެސް ހަދިޔާކުރި ދޮންމަންމައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފިރިމީހާ ދުނިޔޭގަވެސް ނެތި، ކުރިން ނުވެސް އެނގޭ ދޮންދަރިއެއްގެ ފުރާނަ ސަލާމަތްކުރަން އަތްހުސްކޮށް ޚަރަދުކުރުމުގެ އިތުރަށް ކިޑްނީވެސް ހަދިޔާކުރި ދޮންމަންމައެއްގެ ވާހަކަ-

އެދެމަފިރިންނަށް ލިބިފައިވަނީ 2 އަންހެންދަރިންނެވެ. ފިރިމީހާގެ އިތުރު ދަރިއަކު ހުރިކަން އެނގިފައެއް ނުވެއެވެ.

އެކަން އެނގުނީ އެދަރިފުޅާއި ފިރިމީހާ ދުއްވި ކާރު އެކްސިޑެންޓްވެ ފިރިމީހާ މަރުވި ދުވަހުއެވެ. ފުރަތަމަ އެކަން ޤަބޫލުކުރަން އުނދަގޫވިއެވެ. ނަމަވެސް އެރޭ ހުވަފެނުގައި ފިރިމީހާ އެވާހަކަ ކިޔައިދިނެވެ. "އެއީ އަހުރެންގެ ދަރިއެކެވެ. ފިރިހެންދަރިއަކު ލިބޭތޯ މަސައްކަތްކުރަނިކޮށް ލިބުނު ދަރިއެކެވެ. އެނާ ބަލައިގަންނާށެވެ."  

އެދަރިފުޅުގެ ފުރާނަ ސަލާމަތްވިއެވެ. ބޮޑެތި ޒަޚަމްތަކަކާއިއެކުގައެވެ. އެންމެ ބޮޑަށް ވިސްނަންޖެހުނީ އޭނާގެ އެއް ކިޑްނީ ބަދަލުކުރަންޖެހުމުންނެވެ. ނަޞީބަކުން އަހުރެންގެ ކިޑްނީއާއި ދިމާވިއެވެ. އެހެންވެ ކިޑްނީ ގަންނާކަށް ނުޖެހުނެވެ. ނަމަވެސް އެއިރު އަތުގައި ހުރި ހުރިހާ ފައިސާއެއްހެން ދައްކަންޖެހުނީ ހޮސްޕިޓަލް ބިލަށެވެ. އެކަމަކަށް ކަންބޮޑެއް ނުވަމެވެ. ފިރިމީހާގެ ދަރިއަކީ އަހުރެންގެވެސް ދަރިއަކަށްވާންޖެހޭނެތީއެވެ. އަދި އޭނާގެ މަންމަވެސް މަރުވެފައިވުމުން އެހީތެރިވާނެ މީހަކު ނެތީމައެވެ.  

ފިރިމީހާ މަރުވިތަނުން ޢާއިލާއިން އައިސް އަހުރެމެން ގެއިން ބޭރުކުރުމުން ވަރަށް ދަތިޙާލުގައިވެސް އުޅުނީމެވެ. ގޭގޭގައި ނޯކިރީވެސް ކުރީމެވެ. ބެލީ ކޮންމެ ގޮތަކުން ނަމަވެސް 3 ދަރިންނަށް ކިޔަވައިދެވޭތޯއެވެ. ނަތީޖާވެސް ފެނުނެވެ. 3 ދަރިންވެސް ޔުނިވަރސިޓީ ނިންމިއެވެ. ދޮންދަރިފުޅުވީ މެޑިކަލް ޑޮކްޓަރަކަށެވެ. ބެޗުން 1 ވަނަ ހޯދީވެސް އެދަރިފުޅެވެ.

ގުރެޖުއޭޝަން ސެރަމަނީގައި ވާހަކަދެއްކީ ދަރިފުޅެވެ. އަހުރެން އޭނާއަށްޓަކައި އުފުލި ބުރަތަކުގެ ވާހަކަ ކިޔައިދޭންފެށުމުން ޙާޒިރުވެ ތިބި އެންމެން ގޮނޑިތަކުން ތެދުވެ އަހުރެންނަށް ތަޤްރީފްކުރަން އަޑުގަދަކުރިއެވެ. އެތައް އިރަކަށް އެކަން ދެމިގެންދިއައެވެ. އަނެއްދުވަހު ނޫސްތަކުގެ ފަލަސުރުޚީގައި އެވާހަކަ ލިޔުނެވެ.  

މިއީ އަޅުގަނޑު ބެލި ވީދިއޯއެއްގައި ކަންތައްވީ ގޮތެވެ. މިއީ ވީޑިއޯއެއް ނަމަވެސް މިފަދަ ވީޑިއޯތައް އުފައްދަނީ ހިނގާ ކަންކަމުގެ މައްޗަށް ބަލައިގެންނެވެ. ވީމާ މިދޮންމަންމަގެ ވާހަކަ މިގެނެސްދިނީ ހުރިހާ ދޮންމަންމައިންނަށް ނިޞްބަތްކޮށް ނުބައިބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބުނުމަށެވެ. މިތިބީ ކޮންފަދަ ލާމަޘީލު ދޮންމަންމައިންތޯއެވެ؟

 

- ޝަކީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން